ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ ޕާޓީތަކުން ބެލުން މުހިންމު: އީސީ

އީސީގެ ރައީސް ފުއާދް އަދި ނައިބު ރައީސް ހަބީބު: ފޮޓޯ/ އިލެކްޝަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި، ޕްރައިމަރީ ބާއްވާއިރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާއިރު، ކެންޑިޑޭޓަކަށް ހުށަހަޅުއްވާ ބޭފުޅަކީ ޝަރުތު ފުރިހަމަވާ ބޭފުޅެއްތޯ ސިޔާސީ ޕާޓީތަކުން ދުރާލާ ބެލުން މުހިންމުކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ ޚާއްސަކޮށް ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާއި އެއްގޮތަށް އެދަރަނި އަދާކުރަމުން ދާ މީހެއްކަން އެނގެން އޮންނަން ޖެހޭނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާއިރު، އެބޭފުޅެެއްގެ ފުރިހަމަވާންޖެހޭ ޝަރުތުތައް ހަބީބް ވަނީ ހިއްސާ ކުރައްވާފައެވެ.

އެގޮތުން މަޖިލީހަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް:

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރުޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުން.
  4. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން. ބޭރުޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހު. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންޖެހޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ހާލަތްތައް:

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

މަޖިލީސް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. މިކަމުގައި އީސީގެ ވިސްނުމާއި، މަޖިލީހުގެ މިނިވަން މުއައްްސަސާތަކާ ބެހޭ ކޮމިޓީ ވިސްނުން ތަފާތުވެއެވެ.

އަންނަ އަހަރު ބާއްވަންޖެހޭ މަޖިލިސް އިންތިހާބުގެ ވޯޓުލުން ރޯދަ މަހުގެ ފަހުން ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން، ކޮމިޓީއިން ފާސްކުރި ނަމަވެސް އިންތިހާބު ރޯދައަށްފަހު ބާއްވާނަމަ ދަތިތަކެއް ދިމާވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިކަމާއި ގުޅިގެން ކޮމިޓީގައި ވިދާޅުވީ، އެ ކޮމިޝަނުން އެންމެ ފުރަތަމަ ވެސް އެދުނީ މަޖިލީހުން ގާނޫނު ބަދަލުކުރެވޭނެތޯ އަދި ގާނޫނަށް ބަދަލެއް ގެނެސް މަޖިލިސް އިންތިޚާބު އަވަސްކުރެވޭނެ ގޮތެއް އޮތްތޯކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އެ ކޮމިޝަނުން ގާނޫނާ ހިލާފަށް ކަމެއް ކުރަން އުޅުން ނޫން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ފުއާދުގެ މި ވާހަކައާއި ގުޅިގެން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލިސް އިންތިހާބު އަވަސްކުރާނަމަ ކެންޑިޑޭޓުންނަށް ކެމްޕޭނުކުރުމަށް ލިބޭ ވަގުތު ކުޑަ ވާނެކަމަށެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލިސް މެންބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ. މިހާރު ކުރިއަށްދާ 19 ވަނަ މަޖިލިސް އިންތިހާބުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: