ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސާއި ނައިބު ރައީސް ވަކިކުރެވޭ ގޮތް ފަސޭހަކޮށް ގަވައިދު އިސްލާހު ކުރީ ގާނޫނުއަސާސީއާއި ހިލާފަށް: ޝިޔާމް

ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްުޔާތުގައި ރައީސް ޑރ. މުއިއްޒާއި، ނައިބު ރައީސް ހުސެއިން މުހައްމަދުގެ އިތުރުން މަޖިލިސް ރައީސް އަސްލަމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔަ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުކުރެވޭ ގޮތަށް ގަވައިދު ބަޔާން ކުރާ މާއްދާތަކަށް އިސްލާހު ގެނެސް އެ މަރުހަލާގެ ބައެއް ތަރުތީބުތަކަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން ޤާނޫނު އަސާސީއާއި ހިލާފުކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔަ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުކުރެވޭ ގޮތަށް ގަވައިދު ބަޔާން ކުރާ މާއްދާތަކަށް އިސްލާހު ގެނެސް އެ މަރުހަލާގެ ބައެއް ތަރުތީބުތަކަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުމަށް ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

ރައީސާއި ނައިބު ރައީސް ވަކިކުރުމާއި ބެހޭ މައްސަލައެއް ހުށަހަޅައި، އެ މަރުހަލާ ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ ގަވައިދުގެ 41 ވަނަ ބާބުގަ އެވެ. އެއަށް ބަދަލު ގެނައުމަށް ހުށަހެޅީ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމްގެ ހުށަހެޅުން ކޮމިޓީން ފާސްކޮށް، އަންނަ ހަފްތާގައި ތަޅުމަށް ހުށަހަޅައި ފާސްކުރާނެކަމަށް ބެލެވެ އެވެ.

ގަވައިދަށް ގެނައި އިސްލާހުތަކުގައި އަޒުލު ކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސަށް މައްސަލަ ޕާކު ނުކުރެވޭ ގޮތަށް ނުވަތަ މައްސަލަ ހުއްޓުވާފައި ނުބޭއްވޭ ގޮތަށް ހަމަތަކާއި ތަރުތީބުތަކެއް ގެނައުން ހިމެނެ އެވެ. އެއީ ގަރާރު ލިބޭތާ ދެ ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވުމާއި، ނޯޓިސްގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިޔަށް ގެންދިއުމުގެ ޖަލްސާއެއް ބޭއްވުން އަދި ބަހުސަށް ތިން ގަޑިއިރު ދިނުމަށް ފަހު ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓުގެ ވަގުތު ދިނުމެވެ.

ތުހުމަތުތަކުގެ ދިފާއަށް ތިން ވަކީލަކު ގެންދެވޭނެކަމަށް ގަވައިދު ބުނެ އެވެ. އަދި ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ، ފޮނުވަން ޖެހޭނީ ކޮމިޓީއަށެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި، މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަކީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުން ހާލަތަކަށް ފެތޭ މައްސަލައެއްތޯ ބެލުން ހިމެނެ އެވެ. އަދި އެކަމެއްގެ ހެކި ހުރިތޯ އާއި، ކޮމިޓީން މައްސަލަ ދިރާސާ ކުރާއިރު ވެސް ރައީސަށް ނުވަތަ ނައިބު ރައީސްއަށް ކޮމިޓީއަށް ހާޒިރުވެގެން ދިފާއުގައި ވާހަކަ ދެއްކެވުމުގެ ހައްގު އޮންނާނެ އެވެ.

މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއި އެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭއިރު، ގަރާރަށް ބަހުސްކޮށް ނިމުމަށް ފަހު މައްސަލަ ލިބުމުން ރިޕޯޓު މަޖިލީހުގެ ރައީސަށް އެރުވުމަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ރިޕޯޓު ފޮނުވުމަށާއި، މަޖިލީހުގެ ރައީސަށް ރިޕޯޓު ލިބޭތާ ދެ ދުވަހުގެ ތެރޭގައި ރިޕޯޓާއި މެދު ގޮތެއް ނިންމުމުގެ ޖަލްސާ ބޭއްވުން ހިމެނެ އެވެ. އަދި ގަރާރުގައި ވާ މައްސަލައާއި އެއްގޮތަށް ކޮމިޓީން ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރުމަށް ނިމްމައިފި ނަމަ އެބޭފުޅުން ވަކިވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓުންނެވެ. ވޯޓުގެ ނުކުތާ އެއީ ކުރިން ވެސް ބަޔާންކޮށްފައިވާ ގޮތެވެ.

އިސްލާހުތަކާއި އެކު ދެން ގެނައި އަނެއް ބަދަލަކީ، އަޣުލަބިއްޔަތު ގުނުމާއި ގުޅޭ ބަދަލެވެ. އެގޮތަށް ބަދަލު ގެނެސްފައި ވަނީ އައު ސަރުކާރުގެ މަގާމުތަކަށް އައުމަށްޓަކާ، މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަތް ބޭފުޅަކު އިސްތިއުފާ ދެއްވުމުންނެވެ. އަދި ގަވައިދު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންނަކީ އެއީ އެވަގުތަކު މަޖިލީހުގައި ދެމިތިބި މެމްބަރުން ކަމަށެވެ. މެމްބަރުން ގުނުމުގައި ބަލާނީ 80 މެމްބަރުން ތިބި ކަމަށެވެ. މާނައަކީ އެ ބަދަލާއި އެކު ކަންކަން ފާސްކުރުމުގައި ބަލާ އަޣުލަބިއްޔަތަށް ބަދަލުތަކެއް އައިސް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރުމަށް 54 މެމްބަރުންގެ ވޯޓު ބޭނުންވުމެވެ. މީގެ ކުރިން ގަވައިދު އޮތް ގޮތުން އެކަމަށް ބޭނުން ވާނީ 58 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގައި މިވަގުތު އެމްޑީޕީގެ 56 މެމްބަރުން އެބަތިއްބެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: