ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިޑްރޮގްރަފީއަކީ ކޮބާ؟

ހައިޑްރޮގްރެފިކް ސާވޭއަށް ބޭނުންކުރާ ބާވަތުގެ އުޅަނދެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންގޮސް ދުނިޔޭގެ އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކަނޑު ދަތުރުފަތުރުކުރުން މުހިންމު ރޯލެއް އަދާކުރެއެވެ. އިގްތިސާދު ބިނާވެގެންވަނީ ތަކެތި އެއްތަނުން އަނެއް ތަނަަށް ގެންގޮސް ކުރެވޭ މުއާމަލާތުގެ މައްޗަށް ކަމަށްވުމުން މުދަލުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ދަތުރުކުރާ އުޅަނދުގެ ރައްކައުތެރިކަންވެސް ކަށަވަރުކުރަންޖެހެއެވެ.

އެކަން ކުރަނީ ދަތުރު ކުރުމަށްޓަކައި ރަނގަޅު މަގުތައް ދެނެގަނެއް ހާއްސަ މަގުތައްވެސް ކަނޑައަޅައިގެންނެވެ. އެ މަގުތައް ކުރަހަނީ ހައިޑްރޮގްރިކް ދިރާސާތަކުގެ އަލީގައި ކުރަހާ ޗާޓުތަކުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ހައިޑްރޮގްރަފީއަކީ ދުނިޔޭގެ ކަނޑުތަކާއި ރަށްތަކުގެ ގޮނޑުދޮށްތަކުން ފެށިގެން ކޯރުތަކާއި އެތަންތަނުގެ އަޑީގައިވާކަންކަމާއި ތަކެތީގެ މައުލޫމާތުތައް ދެނެގަތުމުގެ މަސައްކަތްތަކަށް ކިޔާ ނަމެވެ. މި މަސައްކަތްތަކުގެ އަލީގައި ދިރާސާތައް ކުރާ ސަރަހައްދަށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އައިސްދާނެ ބަދަލުތައްވެސް ދެނެގަނެވެއެވެ. މި މަސައްކަތްތަކުގެ ތެރެއިން ކަނޑުމަތީގެ ހުރިހާ ބާވަތެއްގެ ހަރަކާތްތަކަށް ބޭނުންކުރާ ޗާޓުތައް ބިނާކުރެއެވެ. އެގޮތުން އިގްތިސާދާއި ސަލާމަތީ ކަންކަމުގެ އިތުރުން ސައިންޓިފިކް ތަހުލީލުތަކަށްވެސް ޗާޓުތަކަށް ބޭނުންވާ މައުލޫމާތުތައްވެސް ހައިޑްރޮގްރެފިކް މެޕުތަކުން ލިބިގެންދެއެވެ.

ހައިޑްރޮގްރަފީގެ މަސައްކަތްތައް ފެށިގެން އައިސްފައިވަނީވެސް އެ މަގުސަދު ހާސިލުރުމުގެ ގޮތުންކަމަށް ބެލެވޭއިރު، އެންމެ ފުރަތަމަ ޗާޓުތައް ބިނާކުރަމުން އައިސްފައިވަނީ ދަތުރުކުރުމުގެ ބޭނުމުގައި އަމިއްލަ ފަރުދުންނެވެ. އެންމެ ފުރަތަމަ ތާޓުތައް ބިނާކުރަމުންދިޔައީ އަމިއްލަ މީހުން އަމިއްލަ ބޭނުންތަކަށްކަމަށްވާއިރު، އެއީ މުދަލުގެ ގޮތުގައި ގެންގުޅޭ އެއްޗެއްކަންވެސް ފާހަގަކުރެވެއެވެ. މެޕުތައް ބިނާކޮށް ބޭނުންކުރަމުން އައިސްފައިވަނީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އެހެން މީހުންގެ މައްޗަށް ކުރި ހޯދުމުގެ ގޮތުންކަމަށް ތާރީހުން ފެނިގެންދެއެވެ.

މި މަސައްކަތްތައް ފުޅާވެގެންދިޔައީ ކަނޑުދަތުރު ފަތުރު ފުޅާވެ ދުނިޔޭގެ އެއް ކަންކޮޅުން އަނެއް ކަންކޮޅަށް ދަތުރުކުރުންވެސް އިތުރުވެގެން އައުމާއިއެކުކަމަށްވާއިރު، މަސައްކަތްތައް ފުޅާކުރީ ގައުމުތަކުގެ ސަރުކާރުތަކުންނާއި އެ ކަމަށް ހާއްސަކޮށް އެކުލަވާލެވުނު އޮފީސްތަކުންނެވެ.

ހައިޑްރޮގްރަފީގެ މަސައްކަތްތަކަށް ހާއްސަ ސަމާލުކަމެއް ދިން މުއައްސަސާތަކުގެ ތެރޭގައި ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާ ފާހަގަކުރެވެއެވެ. ސަބަބަކީ އެ މައުލޫމާތުތަކާއިއެކު ގިނަގުނަ އަސްކަރީ ކުރިއެރުންތައް ހާސިލުވެގެންދިއުންކަމަށްވާއިރު ހައިޑްރޮގްރެފީގެ މަސައްކަތްތަކަށް ހާއްސަ ޖަމާއަތްތަކާއި މުއައްސަސާތައް ވުޖޫދުވެގެން އައީވެސް އެހިސާބުންނެވެ.

ހައިޑްރޮގްރަފީ މެދުވެރިކޮށް ދެނެގަނެވޭ މައުލޫމާތުތަކުގެ ތެރޭގައި އެ ސަރަހައްދެއްގެ ދިޔަވަރުގެ މައުލޫމާތާއި އޮއެވަރުގެ އިތުރުން ރާޅު ނަގާ މިންވަރާއި ގުޅޭ މައުލޫމާތާއި ފެނުގައި އެކުލެވިގެންވާ މާއްދާތަކުގެ މައުލޫމާތުތައްވެސް ހިމެނެއެވެ. އަދި އެ ސަރަހައްދަކުން އެއްވެސް ހުރަހެއް ނެތި ބޮޑެތި ކަނޑު އުޅަނދުތަކަށް ދަތުރުކުރުމަށް ބޭނުންވާނެ ފުންމިނުގެ މައުލޫމާތާއި ފަރުތައް ބިނާވެފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތައްވެސް ދިރާސާތަކުގެ ތެރެއިން ދެނެގަނެއެވެ،

ކަނޑު އަޑީގައި އެކުލެވިގެންވާ ކަންކަމާއި ތަކެތީގެ ތަފްސީލީ މައުލޫމާތުތައްވެސް ހައިޑްރޮގްރަފީގެ އަލީގައި އެނގިގެންދާއިރު ގައުތަކުގެ އުސްމިނާއި ފަރުތައް އުފެދިފައިވާގޮތުގެ މައުލޫމާތުތައްވެސް ލިބިގަންނަނީ އެނކަރ ކުރުމުގެ ބޭނުން ފަދަ ބޭނުންތަކަށްކަމަށް އެފަދަ މަސައްކަތްތައް ކުރާ މީހުން ފާހަގަކުރެއެވެ. އަދި ހައިޑްރޮގްރަފިކް ސާވާއެއްގެ މަސައްކަތެއް ޖުމުލަކޮށް ނިމިގެންދާއިރު، އެ ސަރަހައްދެއްގައި އެއްގަމުން ފެނިގެންދާ މައުންޓަންތަކާއި ބޮޑެތި ލައިޓުތައް އަދި ޓަވަރުތައް ފަދަ ދަތުރުކުރުމުގެ މިސްރާބު ހިފެހެއްޓުމުގައި އެހީތެރިކަމެއް ލިބިގެންދާނެ އިތުރު މައުލޫމާތުތައްވެސް ރިޕޯޓުތަކުގައި ހިމެނުން އެކަށީގެންވެއެވެ.

ކުޑި ރަށްތަކަކުން އެކުލެވިފައިވާ ވަށައިގެން ފަރުތައް އޮންނަ ގައުމުތަކަށް އެ ފަރުތަކަކީ ގުދުރަތީގޮތުން ލިބޭ ދިފާއީ އެހީއެކެވެ. އެހެންކަމުން އެފަދަ މައުލޫމާތަކީ ގައުމެއްގެ އެތެރޭގައި ހިފެހެއްޓާ ސިއްރު މައުލޫމާތުތަކެވެ. އެފަދަ މަސައްކަތްތައް އަމިއްލަ އަސްކަރިއްޔާ މެދުވެރިކޮށް ކުރުމުގެ ބޭނުމަކީ ސަރަހައްދީ އިމުގެ ތެރޭގައި ހިންގަންޖެހޭ އަސްކަރީ މަސައްކަތްތަކުގެ ތެރޭގައި އެ ގައުމެއްގެ ސިފައިންނާއި އުޅަނދުތަކަށް ރައްކައުތެރިކަމާއިއެކު ހަރަކާތްތެރިވެވޭކަން ކަށަވަރުކުރުމެވެ.

ކަނޑުފަޅާއި އެކުލެވިގެންވާ ތަކެތީގެ ސިއްރު ހިފެހެއްޓުމުގެ ބޭނުމަކީ އެހެން ބަޔަކަށް ފަސޭހަކާމާއިއެކު އައިސް އަރައިފޭބޭނެ މަގުތައް އެނގިގެންދިއުމުން ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުންނެވެ. އެހެންކަމުން މި މަސައްކަތްތަކަކީ އަދުގެ ކުރިއަރާފައިވާ ދުނިޔޭގައި އެ ގައުމުގެ މަންފާއަށްވެސް އިންތިހާ މުހިންމު މައުލޫމާތުތަކަށް ވެގެންދެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: