ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރުމަށް ބޭނުންވާ މީހުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ، ފުރުސަތު ހުޅުވާލެވިފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމަށެވެ. އޭނާ ވިދާޅުވީ، ފުރުސަތު ހުޅުވާލެވިފައިވާނީ 16 ޑިސެމްބަރުން 25 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށްކަމަށޭވެ.

އިބްރާހިމް ވިދާޅުވީ، އަސާސީ ގަވައިދުގައި ވާގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ ގާނޫނުއަސާސީ އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަކުރެއްވޭ ފަރާތްތަކަަށްކަމަށެވެ. އޭނާ ވިދާޅުވީ ވާދަކުރެއްވުމުގެ ފުރުސަތަށް ހުޅުވާލުމަށް ފަހު ޕްރައިމަރީއެއް ބާއްވަންޖެހޭ ދާއިރާތަކުގައި ޑިސެމްބަރު 26 އަދި 27 ވަނަ ދުވަހު ޕްރައިމަރީ އެއް ބާއްވާނެކަމަށޭވެ.

އޭނާ ވިދާޅުވީ، ދެ ދުވަހެއްގެ މަތިން ކުރިއަށް ގެންގޮސް ޕްރައިމަރީތައް ނިންމާލުމަށް ރާވައިފައިވަނީ އެއީ އެއް ދުވަހުން އިދާރީ ގޮތުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ވާތީކަމަށެވެ. އެހެންނަމަވެސް އެ ދުވަސްތަކަށް ބަދަލުތައް އައުން އެކަށީގެންވާކަމަށާއި ސަބަބަކީ ސަރުކާރުން އެކަމަށް ބޭނުންވާ ސުކޫލުތައް ފަދަ ތަންތަނުގެ ޖާގަތައް ދޫކުރުމުގައި ދިމާވާ ދަތިތައް ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިހާރު އޮތީ ވަރަށް ޑިމޮކްރެސީ އާއި ދުރު ސަރުކާރެއްކަމަށެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައިވެސް އިންތިހާބުތައް ބޭއްވުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ ސުކޫލުތައް ފަދަ ތަންތަނުން އެކަމަށް ޖާގަ ލިބިގެންކަމަށެވެ. އަދި  ރައީސް ޔާމީންގެ ސަރުކާރުގައިވެސް އެ ފުރުސަތު ފަހިވެގެންދިޔަ އިރު މިހާރުގެ ސަރުކާރުން އަދި އެފަދަ އިޝާރާތެއްކޮށްފައިނުވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: