ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް ތަންފީޒު ނުކުރެވެނީ ކޯޓު ތަކުގެ ވަސީލަތްތައް ނެތުމުން: ކުރީގެ ޕީޖީ

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތައް ފުރިހަމަނަމަވެސް އެ ގާނޫނުތައް ތަންފީޒު ނުކުރެވެނީ ކޯޓުތަކުގައި ވަސީލަތްތައް ނެތުމުން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ތިލަފަތް” ޕްރޮގްރާމްގައި މުހުތާޒް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިންނާއި އަދި ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރެއިންވެސް ކުށް އެންމެ ގިނައިން ތަކުރާރުކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. އަދި އެކަން އެހެން ދިމާވާ ސަބަބުތައްވެސް ހުންނަ ކަމަށް މުހުތާޒް ވިދާޅުވިއެވެ.

މުހުތާޒް ވިދާޅުވީ ކުށް ތަކުރާރު ކުރުމަށް ދިމާވާ އެއް ސަބަބަކީ ޝަރީއަތްތައް ލަސްވުން ކަމަށާއި އަދި އެކަން އެހެން ދިމާވުމުން އެމީހާ އަލުން ކުށް ތަކުރާރު ކުރާ ކަމަށެވެ. ޖަލުތަކުގެ ނިޒާމުގެ ތެރެއިންވެސް އިސްލާހުވުމަށް އޮންނަ ފުރުސަތު ހަނި ވުމުގެ ސަބަބުންވެސް މުޖުތަމައުއަށް ނިކުމެ ކުށް ތަކުރާރު ކުރާ މީހުން ގިނަ ކަމަށް މުހުތާޒް ވިދާޅުވިއެވެ.

މިހާރު ބޭނުންކުރަމުން އަންނަ ފެހި ގާނޫނު އަސާސީ ވުޖޫދަށް ގެނެވުނު މައިގަނޑު އެއް ސަބަބަކީ ނުހައްގުން މީހުން ބަންދުގައި ތިބި ތިބުމަށް ހައްލެއް ހޯދުން ކަމަށް މުހުތާޒް ވިދާޅުވިއެވެ. އަދި މިހާރު ވުޖޫދު ވެފައިވާ ގަނޫނު އަސާސީން ރައްޔިތު މީހާއަށް ޔަގީންކޮށްދެނީީ އޭނާގެ މައްޗަށް އަވަހަށް ޝަރީއަތް ހިންގޭނެ ކަމާއި އަދި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ އަށް ލިބިދޭން ޖެހޭ ހައްގުތަކެއް ވާކަން ކަމަށް މުހުތާޒް ވިދާޅުވިއެވެ.

ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުކުރުމަށް ކުރާ އަމުރަކީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާން ކުރާކަމެއް ކަމަށާއި އަދި ފަނޑިޔާރައް ވަކި ބާވަތެއްގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް އެ ގާނުނުގައި ވާކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މުހުތާޒް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވި ގޮންޖެހުމަކީ ގާނޫނުތަކަށް އަހުލުވެރި ނުވުން ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ވަކި ވަކި ބާވަތްތައް އެއްފަރާތްކޮށް ކޮންމެ ބާވަތެއްގެެ މައްސަލަ އެއްގައިވެސް މީހުން ބަނދުގައި ބެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އިހްތިޔާރު ގާނޫނުގައި ދީފައި އޮންނަ ކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.

އެހެންކަމުން ކޯޓުތަށް އަދިވެސް މިނިވަން ނޫން ކަމަށާއި ޝަރީއައްތައް ހިންގުމަށް އެކަށޭނެ މާހައުލެއް ނެތްކަމަށް މުހުތާޒް ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: