ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލަށް ޖާސޫސްކޮށްދިން މީހަކު އީރާނުން މަރާލައިފި

ރައީސް އިބްރާހިމް ރައީސީ އަދި ސުޕްރީމް ލީޑަރު އާޔަތުއްލާ އަލީ ޚަމަނޭއީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ ޖާސޫސަކު މަރާލާފައިވާކަމަށް އީރާނުން އިއުލާނުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން އިސްރާއީލުގެ ޖާސޫސީ އިދާރާކަމަށްވާ މޮސާޑް އެޖެންޓަކު މަރާލާފައިވާކަން ކަށަވަރުކޮށްދީފައިވަނީ އީރާނުގެ ސަރުކާރުގެ މީޑިއާއިންނެވެ. އެ ގައުމުގެ ސަރުކާރުން ބުނެފައިވާގޮތުން މަރާލާފައިވާ މީހާއަކީ ބޭރު ގައުމުތަކާއި މުއާމަލާތްކޮށް އީރާނުގެ ސިއްރު މައުލޫމާތުތައް ހިއްސާކުރަމުންދިޔަ މީހެކެވެ.

އެ ގައުމުން ބުނާގޮތުން އެ މީހާއަކީ އިސްރާއީލުގެ މޮސާޑްއަށް މައުލޫމާތު ދެމުންދިޔަ ޖާސޫސެއްކަަމަށެވެ. އަދި ލިޔެކިއުންތައް ދިނުންފަދަ އަމަލުތައްވެސް ހިންގާފައިވާކަމަށް ބުނެފައިވާއިރު، މީހާގެ ވަނަަވަރު ހާމަވެގެންދާ ފަދަ އެއްވެސް މައުލޫމާތެއް ދީފައިނުވެއެވެ.

އީރާނުގެ ސަރުކާރުން ބުނެފައިވާގޮތުން މަރާލާފައިވާ މީހާއަކީ ސިއްރު މައުލޫމާތުތަކެއް މޮސާޑުގެ އިންޓެލިޖެންސް އޮފިސަރަކަށް ގެންގޮސްދިންކަމަަށެވެ. އަދި އަކަމުގެ މަގުސަދަކީ އީރާނާއި ދެކޮޅު ޖަމިއްޔާ ޖަމާއަތްތަކަށް މައުލޫމާތު ހިއްސާކުރުންކަމަށްވެސް ބުނެފައިވާއިރު، އެ އަމަލުތައް ހިންގި ތަން ފަދަ މައުލޫމާތެއް ދީފައިނުވާކަން މީޑިއާތަކުން ފާހަގަކުރެއެވެ.

މީޑިއާތަކުން ބުނާގޮތުން، ޖާސޫސެއްކަމަށް ބުނާ މީހާ އެންމެ ފުރަތަމަ އީރާނުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޮން އިރަކުކަމެއްވެސް ސާފުކޮށްދީފައިނުވެއެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: