ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތް: މިނިސްޓަރ އާދަމް ނަސީރު

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތް ކަމަށް ދިވެހި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ހާއްސަ ޖަލްސާގައި އާދަމް ނަސީރު ވިދާޅުވީ މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ރާއްޖޭގެ ދައުލަތް ކަމަށް ވާއިރު ދުނިޔޭގެ ތާރީހުގެ ދައުލަތްތަކުގެ ވެރިކަން ކުރި ރަށްތަކަށް ބަލާއިރު މެދު ނުކެނޑި އެންމެ ގިނަ ދުވަހު ވެރިކަންކުރި ރަށްރަށުގެ ލިސްޓުގައި މާލެ ހިމެނޭ ކަމަށެވެ.

ދިވެހި ދައުލަތް އީސާގެ ފާނުގެ މީލާދަށްވުރެ ދޮށި ކަމަށާއި އަދި އެ މީލާދަށް 2000 އަހަރު ވެގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދައުލަތަށް ބަލާއިރު ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި 4000 އަހަރު ދިވެހިންގެ ދައުލަތަށް ވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އާދަމް މި ދިގު މުއްދަތުގައި ދިވެހިން ގަބޫލުކުރީ މިނިވަންކަމާއި އަމިއްލަ އިސްތިގްލާލް ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ދިވެހިންނަކީ އަމިއްލަ ފައިމަށްޗައް ތެދުވެތިބި އަމިއްލަ ހަލޯރަތެއްގެ ބައެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިވެހިންނާއި ބެހޭ ފަތްފުށްތައް ހޯދުނު ވަރަކަށް އެ ހަގީގަތަށް އިތުރަށް ބާރުލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ދިވެހި ތާރީހު ދިވެހިންނަށް ދޭ ޔަގީންކަމަކީ ގައުމިއްޔަތުގެ މި މޫސުމުގެ މޭވާ ނިކަން މީރުވާނެކަމަށެވެ. އަދި އޭގެ ފައިދާ ހަށިގަނޑާއި ރޫހަށާއި ނަފްސައް ފޯރާނެ ކަމަށާއި ހުރަވީ ދުވަހުގެ ބަތޮލް ދޮންބަންޑާރައިގެ ތާރީހުން އެކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: