ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރަވީ ދުވަހުން ލިބިގަންނަންޖެހޭ ފިލާވަޅަކީ ގައުމަށް ގައްދާރު ނުވުން: ރައީސް

ހުރަވީ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: އަހުމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރަވީ ދުވަސް ގޮވާލަނީ ތާރީހުން ފިލާވަޅު ލިބިގަތުމަށާއި އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށާއި ދޮންބަންޑާރައިން ފަދައިން ގައުމީ ހިދުމަތަށްޓަކައި އިސްވެ ހަރަކާތްތެރިވާ ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުރަވީ ދުވަހަކީ މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ އަދި މުހިންމު އިބްރަތްތަކެއް ހާސިލުކޮށްދޭ ދުވަހެއްކަމަށެވެ.

ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް އަލިއަޅުއްވާލަައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ހާދިސާއިން ފެންނަ އަލިފަރާތަކީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިހްލާސްތެރި މަދަދުވެރީންގެ ތެދުވެރިކަން ކަމަށެވެ. އަދި ތާރީހުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ގައުމަށް ހިޔާނާތްތެރިވި ޝަމްސުއްދީނާއި މުހްޔިއްދީނާއި އެ ދެ މީހުންގެ ދައުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަން ހިންގުމުގެ ސިޔާސަތު ބިނާވެފައި ވަނީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަމަށެވެ. އަދި އިންސާނީ ބިނާކުރުމުގައި ގައުމު ދެކެ ލޯބިވުމުގެ ފުން އިހްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރާނެކަމަށާއި އެކަމާ ގުޅޭ ހާއްސަ މަޝްރޫއު ކަމުގައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިޔަށްގެންދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ހަފުތާ 14 ތެރޭގައި ހިމަނައިގެން ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި ގައުމީ ތަރިކައިގެ ކޮލެޖެއް ހުޅުއްވަވާނެ ކަމަށާއި އަދި މަދުރުސާ ކުދިންގެ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ ނަމުން މާއްދާއެއް އިތުރު ކުރައްވާނެކަމަށެވެ. ދީނުގައި ވައުދު ފުއްދުމުގެ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ހަފުތާ 14 ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހާސިލުކުރާނެކަމަށް ވައުދުވި ކަންކަން އެ މުއްދަތުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލައްވާފައި ވާކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: