ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފި

ޜައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ބައްދަލުވުން--- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ކެމްޕެއިނުގެ ވައުދާއި އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަމަޟާން މަހުގެ ފަހު 10 އެއް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.

އަޟްހާ އީދު ފާހަގަ ކުރުމަށް، މާލޭގެ މަގުތައް ޒީނަތްތެރި ކުރުމާއި އެކު ތަކުބީރުގެ އަޑުން މުޅި މާޅެ ގުގުމާލުމުން އެކަން އެތައް ރައްޔިތުންނެއް ބަލައިގަތްކަން ފާހަގަކޮށް ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިނުގައި ވީ އެއް ވައުދަކީ ސްޕީކަރުތަކުން ތަކުބީރުގެ އަޑުއިވުމުން އެ ލިބުނު ހިތްހަމަޖެހުން ތަކުރާރު ކުރެއްވުމަށެވެ. އެއީ މާލޭގެ މޭޔަރަކަށް ހުންނަވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން، ހައްޖު ދުވަހާއި އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި ސިޓީ ކައުންސިލް ސްމާޓް ލައިޓްތަކުން ތަކްބީރުގެ އަޑު އިވޭ ގޮތަށް ހަމަޖެއްސުމުން ގިނަ ބައެއްގެ ތައުރީފާއި، ތާއީދު އެކަމަށް ލިބިފައިވާތީ އެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހު 10 އެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅުން އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: