ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރިޝަސް – ރާއްޖެ ކަނޑުގެ މައްސަލަ؛ ކުރީ ސަރުކާރުން އަމަލު ކުރި ގޮތް ބެލުމަށް ކޮމިޓީއެއް!

ބަންޑާރަ ނައިބު އަހްމަދު އުޝާމް/ ފޮޓޯ: ރަީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ހުށަހެޅި މައްސަލައިގައި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ބުނާ މައްސަލަ ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބުގެ އޮފީހައި ހަވާލުކޮށްގެން ޓީމެއް އެކުލަވާލައިފި އެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މައްސަލަ ހުށަހަޅައި މޮރިޝަސް ބުނީ، ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބެލެންހެމް ރީފްއިން ފެށިގެން ކަމަށެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި ރާއްޖެއިން ބުނީ ބައިނަލްއަޣުވާމީ ހަމަތަކުފެ ދަށުން ތިލަ ދިޔަވަރުގައި ފެންނަން އޮތް ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. ރާއްޖޭގެ އެ ނުކުތާއަށް ހުކުމުގައި ތާއީދުކޮށްފައި ވެއެވެ.

މޮރިޝަސް އިން ރާއްޖެއާއި ދެކޮޅަށް ދައުވާކޮށްފައިވަނިކޮށް ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސް ކޮޅަށް އެރުމަކީ ރާއްޖޭގެ ޕޮޒިޝަން ވީކްވެ ޕޮޒިޝަނަށް އަސަރުކުރާނެ ކަމެއްކަން ކުރީގެ ބަންޑާރަ ނައިބުން ފާހަގަކުރެ އެވެ. އޭގެ ތެރޭގައި އައިޝަތު އާޒިމާ ޝަކޫރާއި، ދިޔާނާ ސައީދު، އަދި ޑރ. މުހައްމަދު މުނައްވަރު ހިމެނެ އެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމަނައި، މިއަދު ރައީސް އޮފީހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އާންމު ކުރައްވާފަ އެވެ. އަދި އެ މަސައްކަތަށް ގާނޫނީ ކޮމިޓީއެއް އެކުލަވާލައި، އާންމު ކުރި ބަޔާނެއްގައި ބުނީ އިޓްލޮސްގެ ނިންމުން ބަދަލުކުރަން ކުރިޔަށް ގެންދަންޖެހޭ މަސައްކަތް ދެނެގަތުމަށް ކުރަން ޖެހޭ ދިރާސާ އެކުލަވާލަން ފަށާފައިވާ ކަމަށެވެ. އަދި ލިޔެކިއުންތައް ހޯދައި، މައުލޫމާތުތައް އެއްކުރަމުން ގެންދާކަމަށް ވެސް ބުންޏެވެ.

އެގޮތުން އެ މަސައްކަތަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ:

ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް

ޑިފެންސް މިނިސްޓްރީން ކާނަލް އަހްމަދު މުޖުތަބާ

ފޮރިން މިނިސްޓްރީން ސެކްރެޓަރީ މަލްޓިލެޓެރަލް، އަހްމަދު ޝިޔާން

ރައީސް އޮފީހުން ހާމަކުރި ގޮތުގައި އެ މަސައްކަތް ކުރިޔަށް ދާނީ، އަނިލްގެ ބެއްލެވުމުގެ ދަށުންނެވެ. އެކަމުގައި އަނިލް އެއްވެސް އަގެއް ނުނަންގަވާނެކަމަށް ވެސް އެ އޮފީހުން މައުލޫމާތު ދިނެވެ.

ތަފްސީލް އަންނަނީ…

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: