ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރިޝަސްއާއި އެކު އެއްބަސްވުންތައް ހެދިކަން އެނގޭ؛ ސަރުކާރުން ބުނީ ލިޔެކިއުން ރެކޯޑުތަކުގައި ނެތް ކަމަށް!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީީރާ ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޖެއާއި – މޮރިޝަސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމާއި ބެހޭ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލްގައި ގޮތެއް ކަނޑައެޅުމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީގެ ދަށުން މަޝްވަރާތަކެއް ކުރެވި ވަކި ގޮތަކަށް އެއްބަސްވުންތަކެއް ހެދި ނަމަވެސް އެކަމުގެ ލިޔެކިއުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރެކޯޑުތަކުން ފެންނަން ނެތްކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަދަލުކުރިކަން ހާމަވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައއް ގެއްލުމުގެ ފުރުސަތު ބޮޑު ނިންމުމެއްކަމަށް ބުނެ އޭރު ވެސް ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލި އެވެ. ހާއްސަކޮށް އެކި ސަރުކާރުތަކުގެ ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅުން ނިކުމެ، މީޑިއާ ބައްދަލުވުންތައް ބޭއްވިއިރު އޭގެ ތެރޭގައި މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ޗާގޮސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތެވެ. އަދޮ އެގޮތަށް ގަބޫލު ކުރުމަށް ނިންމީ އެއީ ބައިނަލްއަޣުވާމީ މުޖްތަމައުގެ ވިސްނުންކަމަށް ވާތީ އެއަށް ރިއާޔަތް ކުރުމަށްކަމަށް ވެސް ބުންޏެވެ. އަދި އިގްތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސް ބުނާ މައްސަލައިގައި އިޓްލޮސްގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ނުވާކަމަށެވެ.

ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

މި މައްސަލަ ގޯސްވީ ސްޓޭންޑު ބަދަލުކޮށް ރައީސް ސޯލިހު ފޮނުވިކަމަށް ބުނާ ސިޓީއާއި އެކު އެވެ. އެއީ ޑީލެއްކަމަށް ތުހުމަތުކޮށް، އަދި ކަނޑުގެ ބައެއް ވިއްކާލިކަމަށް ކުރި ތުހުމަތުތައް ސަރުކާރުން ދޮގުކުރި އެވެ. ސިޓީ ހާމަކުރުމަށް ދެކޮޅު ހަދައި، ސަރުކާރުން ބުނީ ދެ ގައުމުގެ ވެރިންގެ މެދުގައި ދެކެވޭ ވާހަކަތައް އާންމު ކުރެވޭނެ އެއްވެސް އުސޫލެއް ނެތްކަމަށެވެ. އެހެންވެ އެކަމަށް ދެކޮޅު ހެދި އެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މި މައްސަލަ އިޓްލޮސްގައި ނިމިގެން ދިޔައީ ރާއްޖެ ބޭނުންވި ގޮތަށްކަމަށް ކުރީ ސަރުކާރު ގަބޫލު ކުރެ އެވެ. ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދާ މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މިއާއި އެކު މަސްވެރިންގެ ކަނޑުތައް ގެއްލިފައިވާކަމަށް ބުނެ، އަނެއްކާވެސް އިހުތިޖާޖުތައް ފެށި ކުރީގެ ބަންޑާރަ ނައިބުން ވިދާޅުވަމުން ގެންދެވީ އެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.

ގެއްލުނުކަމަށް ބުނާ ކަނޑުގެ ބައި ހޯދުމަކީ ރިޔާސީ ވައުދެއްކަމަށް ހިމަނައި، ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މިއަދު ވަނީ ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކޮށްފަ އެވެ. އަދި އެ ސިޓީއަކީ މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ސޯލިހުގެ ސަރުކާރުން އަމިއްލަފުޅަށް ލީކު ކުރިމަމަށް ބުނާ ސިޓިއާއި އެކައްޗެއްކަން ފާހަގަކުރެވެ އެވެ. އަދި މި ދެ ސިޓީގައި ވެސް ރާއްޖޭގެ ކަނޑުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލުމާއި ގުޅޭ އެއްވެސް ވާހަކައެއް ނެތެވެ. ސިޓީގައި ބުނެފައިވަނީ އދ. ގެ އާންމު މަޖިލިސްގައި ރާއްޖެއިން މޮރިޝަސް އެއްކޮޅަށް ވޯޓުދިން ނަމަވެސް އިޓްލޮސްގައި ރާއްޖެއިން ވަކާލާތު ކުރި ކުރުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ސިޓީގައި ބުނެފައި ވަނީ އެއީ އިޓްލޮސްގައި ވަކާލާތު ކުރާ ގާނޫނީ ހަމަތަކާއި ކޮމިޝަން އޮން ފަ ލިމިޓް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ހުށަހެޅި ހުށަހެޅުމަށް އެއްވެސް ގެއްލުމެއް ނާންނަގޮތަށް ނިންމި ނިންމުމެއް ކަމަށެވެ.

އެ ނިންމުމުގެ ސަބަބެއްކަމަށް ސިޓީގައި ބުނެފައި ވަނީ ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރު ކުރުމާއި ދެކޮޅު ގައުމަކަށްވުމެވެ.

ސިޓީ އާންމުކޮށް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރި ޕްރެސް ސްޓޭޓްމަންޓުގައި ބުނީ ކުރީގެ ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް 2022 އޮގަސްޓް، 22 ގައި ފޮނުއްވާފައިވާ ސިޓީގެ ޖަވާބު، ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ 22 ގައި މޮރިޝަސްގެ ބޮޑުވަޒީރު ފޮނުވި ކަމަށެވެ. އެގޮތުން އެ ސިޓީއަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވި ކޮމަންވެލްތްގެ ހެޑްސް އޮފް ގަވަމަންޓް މީޓިންގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކަށް ހަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއްކަމަށް ބަޔާނުގައި ވެއެވެ. އަދި އިތުރަށް ބުނެފައި ވަނީ  އެ ބައްދަލުވުމުގައި ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާ ކުރައްވާފައިވާ ކަންކަމާއި ގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނުކަން ނުވަތަ ނޫންކަން އެނގެން ނެތް ކަމަށެވެ.

މީގެއިތުރުން އދ ގެ ޖެނެރަލް އެސެމްބްލީގެ “އެޑްވައިސޮރީ އޮޕިނިއަން އޮފް ދަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާރޗެޕެލަގޯ ފްރޮމް މޮރިޝަސް އިން 1965” ރެސޮލޫޝަނަށް މޮރިޝަސް އާއި އެއްކޮޅަށް ރާއްޖެއިން ވޯޓު ދޭނެ ކަމުގެ ޔަގީންކަމާއި ގުޅިގެން، ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާއި ގުޅިގެން މޮރިޝަސް ގެ ފަރާތުން އިޢުތިރާޒެއް (objection) ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ސޯލިހުގެ ސިޓީގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑުތަކުން އެނގެން ނެތްކަމަށް ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: