ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވީ ޝުޖާއު އާއި ނަވީން!

އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ކުރިމަތިލައްވައިފި އެވެ.

ހުސްވެފައިވާ ސީޕީގެ މަގާމަށް ހުޅުވާލި ފުރުސަތު މިއަދުގެ މެންދުރުގެ 14:00 އަށް ހަމަވިއިރު އެ މަގާމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަންފަޅުކޮށް ހުށަހެޅީ ދެ ބޭފުޅުންކަން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ވަނީ ބުނެފަ އެވެ. އެއީ ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ޝުޖާއު އާއި ނަވީން އެވެ.

ސީޕީގެ މަގާމަށް ނެގޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންނަށެވެ. އެއަށް ފަހު ގާނޫނުގައި ވަނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް މަގާމަށް ގާބިލުކަން ވަޒަންކޮށް ސީޕީއަކު އައްޔަނު ކުރުމަށެވެ. އަދި ބޯޑުގެ ނިންމުން މިނިސްޓަރަށް ހުށަހެޅުމުން އެ ލަފައަށް ރިއާޔަތް ކުރުމަށް ފަހު ބޭފުޅަކު މަގާމަށް އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމިޝަނަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ހަމީދެވެ. މިދިޔަ މަހުގެ 15 ގައި ފުލުހުންގެ ހިދުމަތުން ރިޓަޔާރ ކުރެއްވުމުން މިވަގުތު އެކްޓިން ކޮމިޝަނަރުގެ މަގާމު އަދާކުރައްވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: