ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ކުވޭތުގެ އައު އަމީރަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ކުވޭތުގެ އައު އަމީރަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުވޭތުގެ އަމީރުކަމުގެ މަގާމަށް، ޝައިޚް މިޝްޢަލް އަލް- އަޙްމަދު އަލް-ޖާބިރު އަލް- ޞަބާޙް އިސްވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު އަންގާރަ ދުވަހު ފޮނުއްވި މެސެޖުގައި ކުވޭތުގެ އައު އަމީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވިއެވެ. އެމަނިކުފާނު ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައި ވަނީ، ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި، އިހުތިރާމާއި، އަދި ދެ ގައުމުގައި ވެސް އޮންނަ އިސްލާމީ ރިވެތި އަހުލާގުގެ ސަބަބުން އުފެދެމުންދާ ސަގާފީ، ތާރީހީ ގުޅުމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ މަގްސަދުތައް ކުރިއެރުވުމުގައި ކުވޭތުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ކުވޭތުގެ ފަރާތުން ރާޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި، އައު އަމީރުގެ ޒައާމަތުގައި، ކުވޭތު, ތަރައްގީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ފެށިގެންދާ އައު ދައުރުގައި ކުވޭތާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި، އެކަމަށް ޔަޤީންކަން އެބައޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: