ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޞްރުގެ ރައީސް އަލުން އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސް މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

މިޞްރުގެ ރައީސް އަލުން އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޢަބްދުލް ފައްތާހް އަލް ސީސީ، މިސުރުގެ ރައީސްކަމުގެ މަގާމުގެ އައު ދައުރަކަށް އިންތިހާބުވެވަަޑައިތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިސްރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ. އެމަނިކުފާނުގެ މި މެސެޖުގައި، ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިސްރުގެ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާކަމެއްކަމުގައި ވިދާޅުވެ، ސީސީގެ ވެރިކަމުގައި މި ފެށުނު އައު ދައުރުގައި މިސްރަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

މި މެސެޖުގައި، ރާއްޖެއާއި މިސްރާއި ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީހީ ގުޅުމަަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއީ އިސްލާމީ އެއްބައިވަންތަކަމާއި، ދެފަރާތަށް އިހުތިރާމްކުރުމާއި، ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމުގައެވެ.

މީގެ އިތުރުން ވެސް ސަގާފަތާއި ތަރިކައާއި، އިގްތިސާދީ އެއްބާރުލުމާއި، ތައުލީމާއި، ފަތުރުވެރިކަމާއި، އަދި އެނޫން ވެސް އެކި ދާއިރާތަކުން މިސްރު ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ރައީސްގެ މި މެސެޖް ނިންމަވާލައްވަމުން މިސްރު ސަރުކާރާ ގުޅިގެން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ދެމިތިބުމަށް އެދޭކަން ހާމަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: