ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުސް އިސް އޮފިސަރުންނަށް ޕްރޮމޯޝަން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުދިން

ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ގާތްވެފައި ވަނިކޮށް ފުލުހުންގެ އިސް އޮފިސަރުންތަކަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދޭން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އައު ސަރުކާރު އުފެދުމުގެ ޓްރާނިޝަނަލް މުއްދަތުގެ ތެރޭގައި އަވަސް އަރުވާލައިގެން ޕްރޮމޯޝަންތައް ދޭން އުޅުނު މައްސަލައިގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކަންބޮޑުވުންފާޅުކޮށްފައި ވެއެވެ. އަދި އެ ޕްރޮމޯޝަންތައް މަޑުޖައްސާލުމަށް އެދި، އެކަން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ ވަގުތީ އަމުރަށް އެދޭ ފަރާތުން “ކޯޓު އަމުރު އޮންނަން އެދޭގޮތް ބަޔާން ކުރާ ލިއުން” ހުށަހަޅާފައި ނެތް ކަމަށެވެ.

އެ އަމުރުގައި ވަނީ އޭސީސީއަކީ އެއްވެސް ފަރާތަކުން ކޮރަޕްޝަނުގެ އަމަލަކަށް މަގުފަހިވާ ގޮތަށް ކަމެއް ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިއްޖެ ނަމަ އެކަމެއް ތަހުގީގުކޮށް އެކަމުގައި އެ ފަރާތަކުން ކޮރަޕްޝަނުގެ އަމަލެއް ހިންގާފައި އޮތްތޯ ނުވަތަ ނެތް ތޯ ބެލުމަށް ފަހު އެ ތަހުގީގުތަކުން ލިބުނު ހެކިތަކުގެ މައްޗަށް ބަލައި އެ ފަރާތަކާއި ދެކޮޅަށް ޝަރީއަތް ހިންގުމަށްޓަކައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭ ފަރާތް ކަމަށެވެ. އެހެންކަމުން ކޮމިޝަނުގެ އެންގުމަށް ފުލުހުން އަމަލު ނުކުރުމަކީ އެއީ އެ ކޮމިޝަނުން ކުރަމުން ދާ ތަހުގީގަކަށް ހުރަސްއެޅިގެން ދާނެކަމެއް ނޫންކަމަށް އެ ނިންމުމުގައި ވެއެވެ.

އެހެންވެ، ވަގުތީ އަމުރު ނެރެދޭން އެދޭ ކަންކަމަކީ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަވާކަމެއް ނޫންކަމަށް އެ ނިންމުމުގައި ބުނެފައި ވެއެވެ.

އެ ސަބަބާއި ހުރެ އޭސީސީން އެދުނު ގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ވެއެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމަށް އެސީސީން ކޯޓަށް ހުށަހެޅިއިރު އާ ސަރުކާރާއި އެކު ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ އިސް އެހެން ބައެއް ބޭފުޅުން ވަނީ ރިޓަޔާރ ވެވަޑައިގެންފަ އެވެ. އެހެންވެ އެކްޓިން ކޮމިޝަނަރެއްގެ ގޮތުގައި މިވަގުތު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިއްޔެ ހަމަވިއިރު ނަން ހުށަހަޅުއްވާފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: