ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ކަން ކަށަވަރުކުރާނަން: ސަރުކާރު

ސްޕޯކްސް ޕާސަން ޝަހީބް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިކަމުގެ މިނިވަންކަން އެ ކަމުގެ ހަގީގީ މާނައާއި އެއްގޮތަށް ލިބިގެންދާކަން ކަށަވަރުކުރާނެކަމަށް ޗީފް ސްޕޯކްސް ޕާސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

”ދިޔަވަރު.ކޮމް“ އާއި ”ކުރުސީ.ކޮމް“ ގެ ނަމުގައި ހިންގަމުން އައި މި ދެ ވެބްސައިޓުން ޕޯސްޓު ކުރާ އެކި ހަބަރުތައް ސޯޝަލް މީޑިއާގެ އެކްސްގައި ވަރަށް ބޮޑަށް ދައުރުވެ އެވެ. ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުކިޔައި ބައެއް ތުހުމަތުތައް ވެސް އަމާޒު ކުރާ މި ދެ ވެބްސައިޓު ބްލޮކް ކުރިކަން މީޑިއާތަކުން ރިޕޯޓު ކުރީ ރޭގެ ވަގުތެއްގަ އެވެ.

ސަރުކާރާއި ދެކޮޅަށް ލިޔެކިއުންތައް ގެންނަ މި ދެ ވެބްސައިޓު ބްލޮކް ކުރުމުން އަމާޒުވާ ފާޑުކިއުންތަކަށް ޝަހީބްވަނީ ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ނޫސް މަޖައްލާ ހިންގުން ފަދަ މަސައްކަތްތައް ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން ރަޖިސްޓްރީކޮށްގެން ކުރަމުންދާނަމަ ބަންދުކުރުމާއި ބްލޮކް ކުރުމުގެ ބިރެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުންމިނުގައި ލިބިގެންދާކަން ސަރުކާރުން ކަށަވަރުކުރާނެކަމަށެވެ.

މީޑިއާތަކަށް ގާނޫނުތަކުގައި ވާގޮތަށް ހަރަކާތްތެރިވެވޭނެކަމަށް ޝަހީބް ވިދާޅުވިއިރު، ބަންދުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ ދެ ވެބްސައިޓަކީވެސް މައުލޫމާތުގެ ސައްހަކަމާއިމެދު ސުވާލު އުފެދޭ އެތަކެއް އާޓިކަލްއެއް ޝާއިއުކުރަމުންދިޔަ ވެބްސައިޓުތައްކަން ފާހަގަކުރެވެއެވެ.

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: