ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުތުބާ ކިޔާވަގުތު ފެންނަގޮތަށް އިސްލާމީ މަރުކަޒުގައި ޓީވީ ހަރުކުރަން ނިންމައިފި

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގައި ބައިވެރި މީހުން ހުތުބާ އަޑުއަހަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާމު ނުވަތަ ހުތުބާ ކިޔާ މީހާ ފެންނަ ގޮތަށް އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި ޓީވީ ހަރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ މަރުކަޒުގައި ހުރި ހުރިހާ ފަންގިފިލާ ތަކަށް އިމާމުން ނުވަތަ ހުތުބާ ލިޔާ މީހާ ފެންނަގޮތަށް ހަދާނެކަމަށެވެ. އަދި ކޮންމެ ފަންގި ފިލާއެއްގައި 98 އިންޗިގެ ބޮޑު ސްމާޓް ޓީވީ ސްކްރީނެއް ހަރުކުރުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ
އެހެންކަމުން މި މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށަ ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ކެބިނެޓް އެކުލަވާލުމާއި އެކު އިސްލާމިކް މިނިސްޓްރީން ވަނީ މިނިސްޓްރީގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިސްކިތް ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތާއި ”ދި މެސެޖު“ ގެ ނަމުގައި ތަރައްގީ ކުރާ ޒަމާނީ ދީނީ ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: