ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިލޭރިއާ ޖެހިފައިވާ ބިދޭސީއެއް މާލެއިން ވެސް ފެނިއްޖެ

ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރު ބޭރުގައި ވަރަށް ގިނަ ބިދޭސީން ކިއުގައި ޖެހިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާއަށް ބިދޭސީންތަކެއް ޕޮޒިޓިވްވެ، ކުރިޔަށް ގެންދާ ސްކްރީނިންގައި މާލެއިން ވެސް އެ ބަލި ޖެހިފައިވާ މީހަކު ދެނެގަނެވިއްޖެ އެވެ.

އެޗްޕީއޭއިން ބަޔާނެއް އާންމުކޮށް ބުނީ ފައިލޭރިއާއަށް ބިދޭސީންތަކެއް ޕޮޒިޓިވްވެފައިވާތީ، އެ ބަލި ޖެހިފައިވާ އިތުރު ބަޔަކު ތިބިތޯ ބެލުމަށް ކުރިޔަށް ގެންދާ ސްކްރީނިންގައި އިންޑިއާގެ މީހެއް ފެނިފައިވާ ކަމަށެވެ. އެ މީހާގެ ފަރުވާގެ ކަންކަން ފެށިއިރު، ރާއްޖެއިން ފައިލޭރިއާ ޖެހިފައިވާ ބަޔަކު މިފަހުން ފެނުނީ ހދ. ކުޅުދުއްފުށީގަ އެވެ.

އެ ރަށުގައި ފައިލޭރިއާ ޖެހިފައިވާ 25 ބިދޭސީއަކު ވަނީ ދެނެގަނެވިފަ އެވެ. އެޗްޕީއޭއިން މައުލޫމާތު ދިންގޮތުގައި އެ މީހުންނަކީ އިންޑިއާގެ ބިހާރާއި އުތުރު ޕްރަދޭޝް އަދި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ސަރަހައްދުން ރާއްޖެ އައި ބައެކެވެ.

ކުޅުދުއްފުށިން ފެނުނު ކޭސްތަތުގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތުމުން، މާލެއާއި ހުޅުމާލެ ހިމެނޭހެން ހުކުރު ހޮނިހިރު ދުވަހު ބިދޭސީ ސައިޓަކުން ވަނީ ބައްޔަށް ބައެއް ބިދޭސީން ޓެސްޓުކޮށްފަ އެވެ. އަދި އޭގެ ތެރެއިން މާލެއިން އެކަކު ބައްޔަށް ޕޮޒިޓިވްވެ، ހުޅުމާލެއިން އެކަކު ވަނީ ދެނެގަނެވިފަ އެވެ.

އެޗްޕީއެއިން ބުނީ ބަލި ފެނުނު ސަރަހައްދުތަކުން އަންނަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބައްޔަށް ޓެސްޓުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދާނާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް މައުލޫމާތު ދިނެވެ.

މިވަގުތު އެޗްޕީއޭއިން ކުރަމުން ދަނީ ހުޅުމާލެ، ވިލިމާލެ، އަދި ތިލަފުށީގައި ތިބި ބިދޭސީން ފައިލޭރިއާއަށް ޓެސްޓު ކުރުމުގެ މަސައްކަތެވެ. އަދި އެކަމަށް ބޭނުންވާ ޓެސްޓު ކިޓުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވެސް ފާހަގަކުރި އެވެ.

ރާއްޖެއަށް އެތެރެވާ ބިދޭސީންގެ އަދަދުތައް އިންތިހާއަށް އިތުރުވެފައިވާއިރު، މެޑިކަލް ހުށަހެޅުމުގައި އޮޅުވާލުމާއި ދޮގު މައުލޫމާތުތައް ދިނުން ވަނީ އާންމުކަމަކަށް ވެފަ އެވެ. އަދި މި ބަލި ރާއްޖެއިން ފެނުމާއި ގުޅިފައި ވަނީ އެއްވެސް މެޑިކަލް ޗެކަޕެއް ނެތި ބިދޭސީން އެތެރެ ކުރަމުން ގެންދިއުންކަން ސިއްހީ ދާއިރާގެ ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ފައިލޭރިއާގައި ފައި ދުޅަވެ ހަންގަނޑު ބޯވުމަކީ ބަލީގެ އެންމެ އާންމު އަލާމާތެވެ.

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: