ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދުއަށް!

ފުޅަދުއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފެށުން/ ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދުއަށް މިއަދު ފަށައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން މޯލްޑިވިއަންއިން ބުނީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ، ބުރާސްފަތި ދުވަހު ފުޅަދުއަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށެވެ.

މި ހިދުމަތުގެ ސަބަބުން ފުޅަދޫގެ އިތުރުން އެ ރަށާއި ކައިރީގައި އޮންނަ ގޮއިދޫ އާއި، ފެހެންދުއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހިތްފަސޭހަ ދަތުރުތަކެއްގެ ތަޖުރިބާ ލިބޭނެކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

މި ދަތުރުތައް ފެށުމާއި ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އަމާޒަކީ ފަތުރުވެރިންނާއި، ދިވެހިންނަށް ވެސް ފަސޭހަ ރަނގަޅު ހިދުމަތްތަކެއް ދިނުން ކަމަށެވެ. އަދި މިއަދު މި ފެށި ދަތުރުތަކާއި އެކު ބ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި އެ ކުންފުންޏަކީ އެ ހިއްސާއަކަށް ވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބ. އަތޮޅު ފާހަގަކުރެވެނީ، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އަތޮޅެއްގެ ގޮތުގަ އެވެ. އެ އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމާއި، ސީޕްލޭންގެ ހިދުމަތްތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: