ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓު 1،200 އަށް!

ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭ.އީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުގައި ތިބި ކިޔަވާކުދިންގެ ޑޮލަރު ލިމިޓު 1200 އެމެރިކާ ޑޮލަރަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާކުދިންނަށް ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޑޮލަރު ނެގުމުގައި ލިމިޓްތައް ކަނޑައަޅާފައިވުމުން ދަތިތައް ދިމާވެފައިވާކަމަށާއި މިހާރުގެ ލިމިޓަކީ 750 ޑޮލަރުކަމަށް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކެބިނެޓުގައި ކުރެވިފައިވާ މަޝްވަރާތަކުގެ ތެރެއިން، މިހާރު ބޭރު ގައުމުތަކުގައި ތިބި ދިވެހި ކިޔަވާކުދިންނަށް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭނެ އަދަދުތައް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެ ނިންމުމާއިއެކު ކުރިއަށް އޮތް އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނެގޭ ލިމިޓު 1200 އެމެރިކާ ޑޮލަރަށް ބޮޑުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެ އަމާޒު ހާސިލުކުރުމުގެ ގޮތުން ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތައް ފިނޭންސް މިނިސްޓްރީ އަދި ބެންކާއި އެމްއެމްއޭ ހިމެނޭ ގޮތަށް ކުރިއަށް ގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ނިންމެވުން ތަންފީޒުކުރުމަށްކަމަށާއި އެކަން ކުރެވިފައިވަނީ ކެބިނެޓުގެވެސް ލަފާގެ މަތިންކަމަށް ވިދާޅުވިއެވެ

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: