ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާންޑޭގެ އަގުބޮޑު މުދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ހައިކޯޓުން ބަލަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޭ ޕާކް ރެސިޑެންސްގެ މެނޭޖިން ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ އެޕާޓުމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަގުބޮޑު މުދާ އަނބުރާ ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގަތުމަށް ނިންމައިފިއެވެ.

ކޭ ޕާކް ރެސިޑެންސްގެ މައްސަލައިގައި ތުހުމަތު ކުރެވޭ މަންޑޭ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް މުދާތައް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެމައްސަލައާއި ގުޅިގެން މަންޑޭގެ ފަރާތުން އެއަމުރު ހައިކޯޓަށް ހުށަހެޅީ އެމަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ ބަލައި ނުގަންނަން ނިންމައި، އިސްތިއުނާފު މައްސަލަ ބޭރުކޮށްލާފައެވެ.

އެމައްސަލަ ބަލައި ނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމުމާއި ގުޅިގެން މަންޑޭ ވަނީ އެމައްސަލަ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިމަހުގެ 6 ވަނަ ދުވަހު ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިމަހުގެ 21 ވަނަ ދުވަހު ރަޖިސްޓްރާގެ ނިންމުން މުރާޖާއާކޮށް ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލު ކުރުމަށެވެ.

މިމައްސަލަ ބެއްލަވާފައިވަނީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲއެވެ.

ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމްއާއި ފަނޑިޔާރު މުހައްމަދު ޝަނީޒްގެ މިމައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި އިއްވާފައިވާ ރައުޔަކީ އެ މައްސަލައިގައި ޤާނޫނީ ބަހުސެއް އޮތުމުން މައްސަލަ ބަލައިގަންނަން ޖެހޭ ކަމަށެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.

އޮޅުވާލައިގެން ގިނަ ފައިސާތަކަކަށް ހިޔާނާތްތެރިވެފައިވާ މަންޑޭ ދިރިއުޅެމުން ދިޔަ ޕެންޓް ހައުސްގެ އަގަކީ 7.8 މިލިއަން ރުފިޔާއެވެ. ފުލުހުން އެގެ ބަލައި ފާސްކޮށްފައިވާއިރު، ދާދިފަހުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މަންޑޭ ދިރިއުޅެމުން ދިޔަ އަގުބޮޑު ދިރިއުޅުމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން އެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސް، އެތަނުގައި ހުރި މުދާ ބަލާ ފާސްކުރިއިރު، ގާތް ގަނޑަކަށް 7 މިލިއަން ރުފިޔާގެ މުދާ އެތަނުގައި ހުރި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: