ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންޑޭގެ މައްޗަށް ދުއިސައްތައަށް ވުރެ ގިނަ ދައުވާ ކުރެވޭނެ: ޕީޖީ

ޕީޖީ އޮފީހުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ މައްސަލައިގައި ތުހުމަތުކުރެވޭ އެ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ހަސަން މަމްދޫހުގެ މައްޗަށް 225 ދައުވާ ކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައިގެ ތަފްސީލް ހާމަކުރައްވަމުން ޝަމީމް ވިދާޅުވީ އެއީ މަމްދޫހު އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔުންތަކެއް އުފެއްދި މައްސަލައެއް ކަމަށެވެ. އަދި އެ ކުންފުނީގެ ނަމުގައި ބީއެމްއެލްގައި އެކައުންޓެއް އުފައްދައިގެން ބައެއް ކަހަލަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ބަލާ މައްސަލައެއް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ކޭޕާކު މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ހިމެނޭ ކަމަށާއި އަންނަ ހަފުތާގެ ކުރީކޮޅު ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގައި މަމްދޫހުގެ އިތުރުން ތުހުމަތު ކުރެވޭ މިހާގެ މައުލޫމާތު ހާމަކުރައްވާފައެއްނުވެއެވެ.

މަމްދޫހުގެ މައްޗަށް ކުރާ ދައުވާތައް ގިނަ ކަމަށް ޝަމީމް ވިދާޅުވީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ކޮންމެ މައްސަލައެއްގައި ވަކިން ދައުވާ ކުރާތީ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް ވެސް ކުރިއަށްގެންދާ ކަމަށާއި، އެ ތަހުގީގުތަކާއެކު ދައުވާ ވެސް އިތުރު ވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަދަބު ލިބެންޖެހޭނީ ކޮންމެ ދައުވާއަކަށް ވަކިން ކަމަށާއި އެހެން އެކަން ނުކޮށްފިނަމަ ގާނޫނު މާނަ ކުރެވެނީ ގޯސްކޯށް ކަމަށެވެ. އަދި ކުށް ކުރާ ފަރާތަށް ދެވޭ އިތުރު ހިއްވަރެއް ކަމަށާއި އަދި އެކަން ކުރުމަށް ބާރު އެޅޭ ކަމަށެވެ. އެހެން ކަމުން ގިނައިން ކުށް ކުރާ މީހަކަށް ވަކިން އެ ދައުވާ ކޮންމެ މައްސަލައަކަށް އަންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެއީ ވާގޮތަކީ އެހެންނޫނީ މި ބުނެވެނީ ކުށް ކުރަންޏާ ގިނައިން ކުރާށޭ، މިބުނީ ގިނައިން ކުރާ މީހަކަށް ވަކި ތަފާތެއް ނުގެންނަންޏާ ވައްކަން ކުރާ މީހަކަށް ފިސާރި ރަނގަޅަށް ވައްކަން ކުރާށޭތާ އެބުނެވެނީ، އެއީ ގާނޫނު މާނަ ކުރާ ގޮތެއް ނޫނެއްނުން. އެހެންވީމަ އަޅުގަނޑުމެން ކޮންމެ މައްސަލައަކަށް ކޮންމެ ހާދިސާއަކަށް ވަކިން މި ދައުވާ ކުރަނީ

މަމްދޫހުގެ މައްޗަށް ކުރަން ވިސްނާފައިވާ ދައުވާތަކުގެ ތެރޭގައި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އާއި އޮޅުވާޅުމުގެ ކުށުގެ ދައުވާ އާއީ ޓެކުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ހިމެނޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ޝަމީމް ވިދާޅުވީ 41 އެޕާޓްމެންޓް ޖުމްލަ 107 މީހުންނަށް ވިއްކާފަ ހުރިކަމަށާއި އެހެންކަމުން އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކައިގެން ނޫނީ 41 އެޕާޓްމެންޓް 107 މީހުންނަށް ނުވިއްކޭނެ ކަމަށެވެ. އަދި ތަހުގީގު މަރުހަލާއަށް އެކަން ސާފުވެފައި ވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: