ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ވަކީލް ޝަފީއު އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކުރަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ ޕްރޮސިކިއުޓަރ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އަދި އެ މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދައުލަތުގެ ވަކީލް އަހުމަދު ޝަފީއުއަކީ ޕީޖީ އޮފީހުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތުދޭ ފަރާތެވެ. އަދި ދައުލަތުން ދައުވާކުރާ މައްސަލަތަކުގެ ތެރެއިން ބޮޑެތި މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރާ ވަކީލުންގެ ތެރޭގައި ޝަފީއު ހިމެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި ދައުލަތް ތަމްސީލް ކުރައްވާ އިސްވަކީލަކީ ޝަފީއުއެވެ.

ޝަފީއު އެއްޖިން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު މީގެކުރިން ވެސް މިފަދަ ތުހުމަތުތަކެއް ޝަފީއުގެ މައްޗަށް ކުރެވުނެވެ. ނަމަވެސް އެ ތުހުމަތުތައް ޝަފީއު ވަނީ ދޮގު ކުރައްވާފައެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: