ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއު މަރާލި މައްސަލަ ކުރިއަށް ނުދަނީ ޝާހިލް ވަކީލުންނާއި ވާހަކަ ނުދައްކާތީ: ޕީޖީ

ޕީޖީ އޮފީހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އަނިޔާވެރި ގޮތަކަށް ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލަ ކުރިއަށް ނުދަނީ ދައުވާ އުފުލާފައިވާ ޒުވާން ސްކޭޓަރު އަލީ ޝާހިލް އޭނާގެ ވަކީލުންނާއި ވާހަކަނުދައްކާތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއިން މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ މިހާރު ކުރިއަށް ނުދަނީ މި މައްސަލައިގައި ތުހުމަތުކުރެވިފައިވާ ޝާހިލްގެ ފަރާތުން ވަކީލުންނަށް އޭނާގެ އެއްބާރުލުން ނުލިބޭތީ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޝާހިލްއަށް ދައުލަތުގެ ފަރާތުން މިހާތަނަށް 3 ވަކީލުން ހަމަޖައްސާފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ވަކީލަކާއި ވަހަކަ ދައްކަން ބޭނުން ނުވާކަމަށެވެ. އެހެން ކަމުން ކަން ހިނގައިދިޔަގޮތުގެ ބަޔާނެއް ޝާހިލްގެ ފަރާތުން ވަކީލުންނަށް އެނގިފައިނުވާ ކަމަށާއި މިކަމުގައި އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޝާހިލްއާއި ބައްދަލު ކުރުމަށް ވަކީލުން ޖަލަށް ދިއުމުން ވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އެއީ ކިހިނެއްވެގެން ކަމެއް ނޭނގޭ ކަމަށް ވެސް ވިދާޅުވިއެެވެ.

އެހެންކަމުން އޭޖީ އޮފީހުން މިހާރު އަންގާފައިވަނީ ޝާހިލްއަށް އިތުރަށް ވަކީލުން ހަމަނުޖެއްސުމަށާއި އަދި ވަކީލު ހަމަޖައްސައިދިން ނަމަވެސް ބޭނުންނުވާނަމަ ގަދަކަމުން ނުދިނުމަށް އަންގާފައިވާކަމަށް ޝަމީމް ވުދާޅުވިއެވެ.

ޝިއާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ޝިއާގެ މަރާ ގުޅިގެން އެރޭގެ ވަގުތެއްގައި ސީނުން ވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.

އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. ޝާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުރު ހަތަރު ދައަވާއާއެކު, އެކު ޖުމްލަ ފަސް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: