ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިހާކުރު ފުޅިއެއް ވަގަށް ނެގުމުން ބޮޑު އަދަބެއް- ސަބަބާއި އެކު، ރައްޔިތުންނަށް ގާނޫނު ކިޔައިދޭން ޖެހޭ: ޝަމީމް

ޕްެރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

 

ރިހާކުރު ފުޅިއެއް ވަގަށް ނަގައިގެން، ގާނޫނުގެ ދަށުން އެ މީހާއަށް ބޮޑު ހުކުމެއް އައި ސަބަބަކީ ކޮބައިކަން ރައްޔިތުންނަށް ސާފުވެ، ގާނޫނުތަކަށް ހޭލުންތެރިވުން މުހިންމުކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީގެ ނިންމުންތައް ނިންމާ ސަބަބުތައް ހިމެނޭ ގޮތަށް އުންސުރުގެ ނަމުގައި ނިއުސްލެޓާއެއް މިއަދު ވަނީ ލޯންޗުކޮށްފަ އެވެ. އަދި މިއާއި އެކު އެ އޮފީހުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތުތަކާއި ތަފާސްހިސާބުތައްއަދި އަހަރީ ރިޕޯޓުތައް ފެންނަ ގޮތަށް އާމަހިގެ ނަމުގައި ވެބްސައިޓެއް ވެސް ލޯންޗު ކުރި އެވެ.

ގާނޫނުތަކާއި، ގަވައިދުތަކުގެ ދަށުން އަމަލު ކުރަން ޖެހޭ އުސޫލުތައް ގިނައިރު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުއި ޝަމީމް ފާހަގަކުރެއްވީ ހޭލުންތެރިކަން ކުޑަވުމެވެ. ނަތީޖާއެއްގެ ގޮތުން އަންނަ ހުކުމެއްގެ ސަބަބުން އެއީ ބޮޑު ކުށަކަށް އައި ކުޑަ ހުކުމެއްކަމަށް ނުވަތަ ކުޑަ ކުށަކަށް އައި ބޮޑު ހުކުމެއްކަމަށް ދެކި އެކަމަށް ނުރުހުންފާޅު ކުރާކަމަށް ޝަމީމް ވިދާޅުވި އެވެ.

އެހެންކަމުން، ހުކުމަކާއި ހަމައަށް ވާސިލުވީ ގޮތްތަކާއި އެ ގާނޫނުގެ ދަށުން ދެވެން އޮތް އަދަބު އަދި އެ މީހާގެ ކުށުގެ ބާވަތުން ދައުވާ ކުރެވެން އޮތީ ކޮން ގާނޫނެއްގެ ދަށުންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށް ޝަމީމް ވިދާޅުވި އެވެ.

ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، ކުޑަ ކުށެއްކަމަށް ގަބޫލު ކުރާ ކަމެއްގެ މައްސަލައިގައި ބޮޑު ހުކުމެއް އަންނަނީ ކޮން ސަބަބަކާއި ހުރެކަން ރައްޔިތުންނަށް އެނގުން މުހިންމުކަމަށް ޝަމީމް ވިދާޅުވި އެވެ. އެގޮތުން، ރިހާކުރު ފުޅި ވަގަށް ނެގި މީހާއަށް ބޮޑު ހުކުމެއް އައިކަމުގެ ވާހަކަތައް މިސާލެއްގެ ގޮތުގައި ނަގާތީ އެކަމަށް ޝަމީމް ވިދާޅުވީ ދިގު މުއްދަތު ހުކުމެއް އެ މީހާގެ މައްޗަށް އައީ ކޮން ގާނޫނެއްގެ ދަށުންކަމާއި އޭއީ ކޮން ސަބަބަކާއި ހުރެކަން އާއްމުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.

މިއަދު ދެން ޕީޖީ އޮފީހުން ލޯންޗުކޮށްފައި ވަނީ ހެއްކާއި ބެހޭ ގާނޫނުގެ ޗާޕް ފޮތަކާއި އަދި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތައް ކުރިޔަށް ދިޔައިރު މެމްބަރުންގެ ވިސްނުން ހުރި ގޮތުގެ މައްޗަށް އެކުލަވާލާފައިވާ ފޮތެކެވެ.

ޕީޖީ އޮފީހުން ތައާރަފު ކުރި އުންސުރުގެ އެންމެ ބޮޑު އެއް އަމާޒަކީ ވެސް ދިމާވާ ގޮންޖެހުންތަކާއި ހާސިލު ކުރާ ކުރިއެރުންތައް ފެންނާނެހެން އާއްމު ކުރުންކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މަގާމުތަކަށް އައްޔަނުކޮށް، އެ މީހުން ޖަވާބުދާރީ ކުރުވުމުގެ ވާހަކަތައް ދައްކާއިރު އެގޮތަށް އަމަލު ކުރެވެން އޮތީ ބޭނުންވާވަރަށް މައުލޫމާތު ފޯރުކޮށްދެވިގެންކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ މައުލޫމާތު ސިއްރުކޮށް ހިފެހެއްޓުމުގެ ސަގާފަތެއްގެ ތެރެއިން ޖަވާބުދާރީ ކުރުވުމުގެ ސަގާފަތެއް ނުއުފެދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: