ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމް ވަކިކުރަން އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅިކަން އިސް ލީޑަރަށް ނޭނގޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގައި އޮތްކަމެއް އިންގިފައި ނެތްކަމަށް ޕާޓީގެ އިސް ލީޑަރު ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގައި ހުށައެޅިކަން މެމްބަރުން ކަށަވަރުކޮށްދެއްވަ އެވެ. އަދި އެ މައްސަލައިގައި މަޝްވަރާ ނުކުރެވުނީ، އެކަން އެޖެންޑާ ކުރެވިފައި ނެތުމުންނެވެ. އެހެންވެ ޕީޖީ ގްރޫޕުގެ އެހެން ބައްދަލުވުމަކަށް މައްސަލަ އެޖެންޑާރ ކުރުމަށް ވަނީ ނިންމާފަ އެވެ.

ނުވަ މަސް ފަހުން ރައީސް ސޯލިހު މިއަދު މީޑިއަތަކާއި ބައްދަލު ކުރުމުން، ގިނަ ސުވާލުތަކެއް އެމަނިކުފާނަށް އަމާޒުވި އެވެ. އަދި ސުވާލުތަކަށް އިތުރުފުޅު ހެއްދެވިކަން ފާހަގަ ކުރެވެ އެވެ.

ޝަމީމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމާއި، އަދި ޝަރީއަތުގެ މަރުހަލާގެ ދައުލަތުގެ އެކި އިހުމާލުތަކުގެ ސަބަބުން، އޭނާއާއި ސުވާލުކޮށް މަގާމުން ވަކި ކުރުމަށް ބައެއް މެމްބަރުން ގޮވާލި އެވެ. މައްސަލައިގައި ރައީސްގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ވިދާޅުވީ ޝަމީމް މަގާމުން ވަކި ކުރަން މަޝްވަރާއެއް ކުރެވުނުކަން ނުވަތަ ހުށަހެޅިކަން އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އެފަދަ މައްސަލައެއް އޮތްނަމަ އެމަނިކުފާނާއި ހަމައަށް އައީސްކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާ އިރު، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ޕީޖީން ނިންމާ ނިންމުންތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގައި ޕީޖީ ޝަމީމުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅިފައިވާކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެފައިވެއެވެ. އެގޮތުން ގައުމުގެ މުޖުތަމައުގެ ހައްގަށް ވުރެ ޑްރަގު މަސްތުވާތަކެތީގެ ވިޔަވާރީގައި އުޅޭ ޑީލަރުންގެ ހައްގަށް ޕްރޮސެކިއުޓާރ ޖެނަރަލް އިސްކަން ދެއްވާ ސަބަބާއި މެދު ސުވާލުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: