ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަކުރާރުކޮށް ރައީސް ވިދާޅުވީ، ތަރައްގީ ގެންނަނީ ދިރާސާކޮށް ހިސާބުން ނަތީޖާ ނެރެގެންކަމަށް!

ހަނިމާދޫ އެއާޕޯޓު މަޝްރޫއު ފެއްޓުމުގެ ރަސްމިއްޔާތުގައި އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ/ ފޮޓީޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ތަރައްގީ ގެންނަނީ ދުރާލާ އެކަމަށް މަސައްކަތްކޮށް، ރަނގަޅު ދިރާސާތަކެއް ހެދުމަސް ފަހު ހިސާބުން ނަތީޖާތައް ނެރެގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރަށްތަކުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން، މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގިނަ އަހަރުތަކެއް ވެފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ނިންމުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވަނީ އިފްތިތާހުކޮށްފަ އެވެ.

ދައުލަތުގެ އިސްވެރިންނާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ވެސް ބައިވެރިވި ރަސްމިއްޔާތުގައި، ރައީސް ސޯލިހު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވެން އޮތީ ވިސްނުމާއި ފިކުރާއި ހިކުމަތްތެރިކަން އަދި ކެތްތެރިކަމާއި އެކު ކަމަށެވެ. ޕްރޮޖެކްޓުތައް ހިންގަނީ އެކަމަށް ކުރަންޖެހޭ ދިރާސާތަކަށް ފަހު، ދުރާލާ ރަނގަޅަށް ރޭވިގެންކަން ފާހާގަކޮށް ރައީސް ވިދާޅުވީ އޭގެ އަމާޒަކީ ނަތީޖާ ނެރުން ކަމަށެވެ.

މަސައްކަތް ގެންދަންވީ ގޮތް އެއްވެސް މިންވަރަކަށް ނުރާވައި، ހިސާބު ނުޖަހައި ކުރިޔަށް ދިއުމުން އެއީ ކަނޑުގައި އަޅާ ރޮނގެއްގެ ގޮތުގައި ސިފަކޮށް ރައީސް ސޯލިހު ވިދާޅުވީ އޭރުން މި ޒަމާނުގައި އެއީ ނުކުރާ މަސައްކަތަކާއި އެއްފަދަ ކަމަށެވެ. އަދި އެއަށް ވުރެ ދެރަ ނަތީޖާއެއް ނިކުންނާނީ، ވިސްނުމާއި ފިކުރެއް ނެތި ކުރާ މަސައްކަތުގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު ރާއްޖެއަށް މި ގެންނަ ތަރައްގީގެ ފުރަތަމަ ބަދަލު އަޅުގަނޑުމެން ފަށަނީ ގަލަމުން.. ރަނގަޅަށް ދިރާސާ ކުރެވި.. ހިސާބު ކުރެވި.. އެ ނަތީޖާތަކުގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން.. އެގޮތަށް އެކަން ކުރެވިއްޖެ ނަމަ އެއީ މިޒަމާނުގައި ނުވާކަމެއް ފަދަ.. އެގޮތަށް އެކަން ނުކޮށްފި ނަމަ އެއީ ކަނޑުގައި އެޅޭ ރޮނގެއް…ރައީސް

މިރޭ އިފްތިތާހު ކުރި ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ ޕްލޭންތަކެއްގެ ދަށުން، ރޭވިގެން ހިންގާ ޕްރޮޖެކްޓެއްކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ހުއްޓި، ނުވަތަ ފަހަތަށް ގޮސް ގެއްލޭނެ ގޮތަކަށް އިފްތިތާހު ކުރާ ޕްރޮޖެކްޓުތަކެއް ނޫންކަމަށާއި، އަބަދުވެސް އަމާޒަކީ ފޮނި ނަތީޖާ ނެރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގައުމެއް ހިންގޭނީ ވަކި ހަމަތަކެއްގެ މަތީން ޖަޒުބާތުތައް އެއްފަރާތްކޮށްގެން ކަމަށެވެ. ކެހި ހަނޑުލުގެ ހިތި ފިލުވޭނެ، ކެތްތެރިކަމާއި ވިސްނުން ނެތި ކަނޑޫ ކަހައިފި ނަމަ އެ ހިތި އެންމެންގެ އަރުގައި ލާނެކަމަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ އެއީ ކުރިޔަށް ދާން ޖެހޭ ސީދާ މަގުން ކައްސާލައި މަގުމަތިވާނެ ސަބަބެއް ކަމަށެވެ.

ވިސްނުމެއް ރޭވުމެއް ނެތިއްޖެ ނަމަ، ރޭވެ އަލިވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ.. ކޮންމެ ކަމަކަށް ވެސް ދެމެހެއްޓެނިވި ވިސްނުމަކާއި، ފެންހިފޭ ރަނގަޅު ޕްލޭނެއް އޮންނަން ވާނެރައީސް

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި، އަމާޒު ގޮސް ނިމޭނީ ރައްޔިތުންނަށް ގެނެސް ދޭ ފަސޭހަ ދިރިއުޅުމަކާއި އެކު ކަމަށެވެ.

ބެލެވޭ ގޮތުގައި ރައީސް މިރޭ މި މައުޟޫއަށް ވާހަކަ ދެއްކެވީ ސަރުކާރުން މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނު ވެސް ކުރިޔަށް ދާ މިވަގުތުގައި ކެމްޕެއިން ބައްދަލުވުމެއްގައި ދާދި ފަހުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހު މަޝްރޫއުތައް އިއުލާނު ކުރައްވަނީ ޕޯޑިއަމްއަށް އަރާވަޑައިގެން ކުއްލިގޮތަކަށްކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން މަޝްރޫއުތައް ކުރިޔަށް ގެންދާނީ، ރައްޔިތުންނަށް ފައިދާ ކުރުވަނި ގޮތަކަށްކަމަށާއި އާބާދީގެ ނިސްބަތުން މަދު ރައްޔިތުން ތިބޭ ރަށްތަކަކީ އަޅާނުލައި ދޫކޮށްލާނެ ރަށްތަކެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: