ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް 19 އަކީ އަޅުގަނޑުގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު އިމްތިިހާން: ރައީސް ސޯލިހު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ (ކޮވިޑް 19) އަކީ އެ ހަޔާތުގައި ދިމާވި އެންމެ ބޮޑު އިމްތިިހާން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ވިދާޅުވީ ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމުގައި ކޯވިޑް-19 އަކީ ޙަޔާތުގައި ދިމާވި އިމްތިހާނެއް ކަމަށެވެ. އަދި އެންމެ ގިނަ ރޭ ނިދިން މަޙްރޫމްވާން މަޖުބޫރުވި ޙާލަތަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގައި ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއް ޤައުމަކީ ރާއްޖެ ކަމަށާއި، ފަތުރުވެރިކަމާއި އިޤްތިޞާދު، އިހުހުރި ހިސާބަށް ރުޖޫޢަވުމުގައި ލިބުނު ކާމިޔާބު ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

ފާއިތުވި ފަސް އަހަރު ކުރަންފެށި މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ 2020 ވަނަ އަހަރު ފެށުމާއި ކުރިމަތިލާން ޖެހުނީ، ކޯވިޑް-19-ގެ ޢާލަމީ ބަލިމަޑުކަމާއި ކަމަށާއި،  ދުނިޔެއަށް އެރި ހުއްޓުމުން ރާއްޖޭގެ ބޯޑަރ ބަންދުކުރުން ނޫން ގޮތެއް ނެތިގެންދިޔަ ކަމަށެވެ. އެހެންކަމުން ފަތުރުވެރިންގެ ބަދަލުގައި ރިޒޯޓުތަކަށް ރެޔާއިދުވާލު އުފުލަން ޖެހުނީ ބަލީގެ ނުރައްކަލަށް ހުށައެޅުނު މީހުން ކަމަށެވެ.

މިގޮތުން ރަށްތައް ތަޅުލެވި، މަގުތައް ފަޅުވެ، ވިޔަފާރިއާއި އާންމު ހޭލަމޭލަވުން ހުއްޓުނު ކަމަށާއި، އާމްދަނީގެ ގޮތުން އަތްފައި ބަނދެވި ޤައުމު ފުރަބަންދުވި ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެޔޮ، ދަތިނުވެ ލިބޭނެގޮތް ކަށަވަރުކުރި ކަމަށެވެ. އަދި ސަރުކާރުން ހިންގަމުންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްދާނެ ގޮތް ހޯދި ކަމަށްވެސް ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން އެހެން ޤައުމުތަކުގައި ޕައިލެޓުން ތިބެން ޖެހުނީ ގޭގައި ކަމަށާއި، ނަމަވެސް، ޕީ.ޕީ.އީ.ގައި ރާއްޖޭގެ ޕައިލެޓުން ތިބީ ބޭހާއި ވެކްސިން އަދި ބަލިމީހުން ގޮވައިގެން ކޯވިޑް-19ގެ ކުރިއަށްވުރެ އަވަދިނެތި އުދުހުމުގައި ކަމަށެވެ. ދޭސީއެއް ބިދޭސީއެއް މިކަމުގައި ތަފާތެއްނުކޮށް އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓް ކުރި ދުނިޔޭގެ މަދު ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ހިމެނުނު ކަމަށެވެ.

އެ ހާލަތުގައިވެސް ސަރުކާރުގެ އެންމެ މުވައްޒަފެއްގެ ވަޒީފާ ނުގެއްލި މުސާރަ ދިން ކަމަށާއި، ވަޒީފާ ގެއްލި، އާމްދަނީ ނާޒުކު ޙާލަތަށްދިޔަ އަމިއްލަ މީހުންނާއި ވިޔަފާރިތަކަށް ސަރުކާރުން އެހީ ދިން ކަމަށެވެ. ބިލް ނުދެއްކިގެން ކަރަންޓާއި ފެން ނުލިބޭ އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރު ކޮށްފައިވާ ކަމަށާއި، ބޭހެއް، ވެކްސިނެއް، ކޮޅެއް މެދެއް ނޭނގޭ އެ ބިރުވެރިކަން ދެ އަހަރަށް ދެމިގެންދިޔަ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: