ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާން ކަމާއެކު ވެރިކަން ބަދަލުވާ މިއީ ފުރަމަ ފަހަރެއް ނޫން: މައުމޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާންކަމާއި އޮމާން ކަމާއެކު ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރު ނޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ ފާއިތުވެގެން ދިޔައީ އޮމާންކަމާއެކު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބެއް ކަމަށެވެ. އަދި މީގެ ކުރީގައި ވޯޓުން ކާމިޔާބު ނުވެއްޖެނަމަ ދަނީ ކޯޓަށް ކަމަށާއި، މިފަހަރު އެކަހަލަ އެއްވެސް މައްލައެއް ދިމާވެފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި، ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 1968 ގެ ފަހުން އައި ހުރިހާ ވެރިކަމެއްވެސް ބަދަލުވެފައިވަނީ އަމާން ކަމާއި އޮމާންކަމާއި އެކު ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި މިއީ ވެރިކަން އަމާން ކަމާއެކު ބަދަލުވާ ފުރަތަމަ ފަހަރު ނޫންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މައުމޫން އަކީ ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ހަމައެކަނި ބޭފުޅާއެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔައީ 2008 ވަނަ އަހަރެވެ. ގިނަ ޕާޓީ ތަކެއް އެކުލެވޭހެން ބޭއްވި ެިއެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް މުހައްމަދު ނަޝީދެވެ. އެހެންކަމުން ޑިމޮކްރެސީގެ ރިވެތި ނަމޫނާ ދައްކަވާ އެމަނިކުފާނު ރައީސް ނަޝީދުއަށް ވަނީ އައު ވެރިކަމަކަށް މަރުހަބާވެސް ދަންނަވާފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: