ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއޭ އޮތީ ގަދަކޮށް ރައީސް ސާލިހާއިއެކު، ރައީސް ނަޝީދުވެސް ވަޑައިގަންނަވާ: މައުރޫފް

މައުރޫފް ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީއޭ އޮތީ ދެވަނަ ބުރުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރަން ނިންމަވާ، އެމަނިކުފާނަށް މި އިންތިހާބު ކާމިޔާބުކޮށްދިނުމަށް ތައްޔާރަށްކަމަށް އެ ޕާޓިގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ޓީމުތަކާއި ބައްދަކުރުމަށް ސޯސަން ޖަގަހައިގައި ރައީސް ސާލިހު ބޭއްވި ޖަލްސާގައި މައުރޫފް ބައިވެރިވެވަޑައިގެންފައިވަނީ އެމްޑީއޭގެ ރައީސް ސިޔާމް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއިއެކު އެކުލަވާލާފައިވާ ކޯލިޝަން ދެވަނަ ބުރަށް ދަމަހައްޓަވާފާނެތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ފުރަތަމަ ބުރުން ރައީސް ސާލިހަށް ލިބިވަޑައިގެން ނާކާމިޔާބީއަށްފަހު އެމްޑީއޭގެ ލީޑަރޝިޕްގެ ބޭފުޅަކު ރައީސް ސާލިހުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.

އެމްޑީއޭ، އެމްޑީޕީ އަދި އަދާލަތު ޕާޓީ އެކީގައި އިހުނަށް ވުރެ ގަދަކޮށް އަޅުގަނޑުމެން ޖައްސާނަން. ކުރިއަށް މި އޮތް ދުވަސްތަކުގައި މާތްﷲ އިރާދަ ކުރެއްވިއްޔާ ގެއަށް ވަންނާނީ މި އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު.

މައުރޫފް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެ މިދެކޭ ޑިމޮކްރެސީ ގެނެސް، އެތަކެއް އިންސާނީ ހައްގުތަކެއް ކަށަވަރުކޮށްދިން ޕާޓީއެއްކަމަށެވެ. އެހެންކަމުން އެމްޑީޕީއިން އަމާންކަމާއި، ސުލްހަވެރިކަމަށް ލޯބި ކުރައްވާނެކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، މިކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ އެމްޑީޕީއަށްކަމަށެވެ. ދެވަނަ ބުރަށް އެމްޑީޕީއިން ނިކުންނައިރު، އެމްޑީއޭ އަދި އަދާލަތު ޕާޓީ އޮތީ ގަދަކޮށް އެމްޑީޕީއާއިއެކުކަމަށް މައުރޫފް ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ގައުމަށްޓަކައި ނިކުމެ، އެމްޑީޕީއަށް ވެރިކަން ކާމިޔާބުކޮށް ދިނުމަކީ، އެންމެން އެކުގައި ނިކުމެ ކުރުމަށް މާ އުނދަގޫކަމަކަށް ނުވާނެކަމަށް މައުރޫފް ވިދާޅުވިއެވެ. އެމްޑީޕީއިން އެދަނީ ރައީސް ސާލިހުވެސް އެރޭގެ ޖަލްސާގައި ވިދާޅުވިފަދައިން ގަދަ ހިފުމަކަށްކަމަށާއި، އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ބޮޑު ތަނުން ބަދަލުކުރާނެކަމަށް މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީ އޮތީ އެކަނތިގަނޑެއްގެ ގޮތުގައިކަމަށާއި، ޕާޓީގެ އަސްލު ފަހުލަވާނުން އަދިވެސް ރައީސް ސާލިހާއިއެކު ތިބުމަކީ އުފަލެއްކަމަށް ފާހަގަކުރައްވާ މައުރޫފް ވަނީ އެމްޑީޕީ އަސްލަށް ރުޖޫއަވެ، އެމްޑީޕީގެ ކޯލިޝަނާއި، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދި އެމަނިކުފާނު ފަހަތްޕުޅުން ވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންވެސް އެނބުރި އެމްޑީޕީއަށް އައުމަށް އިލްތިމާސް ކުރައްވާފައެވެ.

އެމްޑީޕީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ޚާއްސަކޮށް ރައީސް ނަޝީދަށް ވެސް އަދި ރައީސް ނާޝީދާ އެކީގައި ތިބި އެމްޕީންނަށް ވެސް އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުންނަށް ސަލާމަތްތެރި މަގަކަށް އޮތީ މި މަގޭ އަވަހަށް ވަޑައިގަންވާށޭ.

މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ގޮތުގައި ރައީސް ސާލިހަށް އިންތިހާބުގައި ލިބުނު ވޯޓު މަދުވީ، އެމަނިކުފާނަށް ވޯޓުލާން ތިބި މީހުން މަދުވެގެންނެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: