ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ވޯޓުދެއްވާނެ މީހެއް ނުފެނެ: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެ ޕާޓީއިން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓު ދިނުމަށް އުޅޭ މީހަކުން ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަމުގައި ހުންނެވުމަށްފަހު ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް އެމްޑީޕީއިން އިސްތިއުފާދެއްވުމަށްފަހު ރައީސް ނަޝީދު އަންނަނީ ތަފާތު އެކި ފުރުސަތުތަކުގައި ސަރުކާރަށާއި، ސީދާ ރައީސް ސާލިހަށްވެސް ފާޑު ވިދާޅުވަމުންނެވެ. އަދި ޒާތީ ގޮތުންވެސް ފާޑު ވިދާޅުވަމުން ގެންދަވާއިރު، ރައީސް ސާލިހަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ލިބިވަޑައިގަންނަވާނީ 15 އިންސައްތަކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ވޯޓު ދިނުމަކީ ވަރަށް ބޮޑު ގޯހަކަށްވެގެންދާނެކަމަށެވެ. އަދި އެދިވަޑައިގެންނެވީ ރައީސް ސާލިހަށް ވޯޓު ނުދިނުމަށެވެ. އަދި ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއިން ހުށައެޅި މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން ހުރި ކަންކަން، ކުރުމަށް ރައީސް ސާލިހު ބޭނުން ނުވިކަމަށެވެ.

އެއްވެސް ބޭފުޅަކު ދެން ރައީސް ސޯލިހަށް ވޯޓެއް ދިނުމަކީ ވަރަށް ބޮޑު ގޯހަކަށް ވެގެންދާނީ. ނަމަނަމަ ރައީސް ސޯލިހަށް ވޯޓެއް ނުދެއްވާތި.

ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމަށް ފާޑު ވިދާޅުވެ، ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މިކަން ކުރަނީ އެއްވެސް ހަރުދަނާ އުސޫލެއް ނެތިއެވެ. ޕްލޭނެއްވެސް ނެތްކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ 4.2 ބިލިއަން ރުފިޔާ ހަރަދުކޮށްގެން 2،200 ގޯތި ދޭން ނިންމައިފައިވީ ނަމަވެސް އެކަމުގައި އެއްވެސް މާނައެއް ނެތްކަމަށެވެ.

މީގެ ކުރިންވެސް ބިންވެރިޔާ ސްކީމް ކުރިއަށް ގެންދާ ގޮތަށް ރައީސް ނަޝީދު ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ބިންވެރިޔާ ސްކީމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީ އިން ކުރަމުންގެދިޔަ ނަމަވެސް، މާލެ އިން ބިން ދިނުމަކީ ޕްލޭނިން މިނިސްޓްރީ އިން ކުރަން ޖެހޭ އަދި އެ މިނިސްޓްރީ އާ ބެހޭ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ މާލެ ސިޓީ ކައުންސިލުގެ މަސްއޫލިއްޔަތެއްކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ޕްލޭނިން މިނިސްޓްރީއިން ވަދެ އެއޮތީ ޢައިރު ގާނޫނީކަމެއްގެ ތެރެއަށްކަމަށެވެ.

އައިރު ގާނޫނީ ކަމެއްގެ ތެރެއަށް [ޕްލޭނިން] މިނިސްޓަރު ވެދެވަޑައިގަންނަވަނީ އޭ. މިއީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތެއް.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މާލެއިން ބިން ދޫކުރާ މައްސަލައާއި ދެކޮޅަށް މީހަކު ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ މަސައްކަތް ހުއްޓަވާލަން ކޯޓުން އަމުރުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: