ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކީ އަޅުގަނޑާ އަދި މީރާގެ ކޮންޓްރޯލް އޮންނަ އެކައުންޓެއް ނޫން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

“އެކްސް” ގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ހިންގަވާ އެކައުންޓެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސް ނަޝީދު ދޮގުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ހަސްކުރުސީގެ ނަމުގައި “އެކްސް” ގައި ހިންގާ އެކައުންޓަކީ ރައީސް ނަޝީދާއި ދަރިކަނބަލުން މީރާ ހިންގަވާ އަދި އެމަނިކުފާން ކޮންޓްރޯލް ކުރައްވާ އެކައުންޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ރައީސް ނަޝީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “އެކްސް” ގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓަކީ އެމަނިކުފާނު ހިންގަވާ އަދި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ހުރި އެކައުންޓެއް ނޫން ކަމަށެވެ. އަދި އެ އެކައުންޓަކީ ދަރިކަނބަލުން މީރާ ހިންގަވާ އަދި ކޮންޓްރޯކް ކުރާ އެކައުންޓެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓުން އިންޑިއާއި ދެކޮޅަށް ފާޅުކުރަމުންދާ ޙިޔާލަކީ އެމަނިކުފާނު އެއްވެސް ވަރަކަށް ތާއިދު ކުރާ ހިޔާލްތަކެއް ނޫން ކަމަށެވެ.

“އެކްސް” ގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ގެންދަނީ އިންޑިއާއި ދެކޮޅަށް ހިޔާލްފާޅު ކުރަމުންނެވެ. ހާއްސަކޮށް އިންޑިއާއިން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ ފާޅުކުރަމުންދާ ހިޔާލްތަކާއި ދެކޮޅަށް ކުރުސީގެ އެކައުންޓުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.

ނަޝީދުގެ ރަސްމީ އެކައުންޓުން މީގެކުރިން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔުއްވާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހްސިއްޔަތެއް ކަމަށެވެ. ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓަކީ ކާކު ހިންގާ އެކައުންޓެއްތޯ ބަލައި ދިނުމަށް ނަޝީދު ވަނީ މީގެކުރިން ފުލުހަށް ވެސް މައްސަލަ ހުށަހަޅުއްވައިފައެވެ.

ސިޓީގައި ވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓަކީ އެމަނިކުފާނު ހިންގާ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ގެންދާ ކަމަށާއި އޭގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންކަމުން މި އެކައުންޓުގެ އަސްލު ހޯދައި ދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: