ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާސް ނައްތާލުމަކީ އިޒްރާއީލަށްވެސް އަދި ހުޅަނގުގެ ބާރުތަކަށްވެސް ވާނެކަމެއް ނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމާސް ނައްތާލުމަކީ އިޒްރާއީލަށްވެސް އަދި މުޅި ހުޅަނގުގެ ބާރުތަކަށް ވެސް ވާނެކަމެއް ނޫންކަމަށް މައްޗަށް ގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ދިފާއުގައި މަޖިލީހުގައި ވަކާލާތު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގައި މައްސަލަ އުފެދިފައިވާ ސަރަހައްދުތަކުގެ ތެރެއިންވެސް، މެދު އިރުމަތީގައިވާ ފަލަސްތީނުގައި އުފެދިފައިވާ މައްސަލައަކީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެއްކަމަށެވެ. އެގޮތުން އިންސާނިއްޔަތަށް ވީހާ ދުވަހެއް މި މައްސަލައަށްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައަށްފަހު އދ އުފެދިފައިވާއިރު، އދ އަށްވެސް މި މައްސަލައަށް ހައްލު ހޯދައިދެވިފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

1947 ގައި ވެލްފެއާ ޑެކްލެރޭޝަންއާއިއެކުގައި ފަލަސްތީނު ބިމުން އެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދިޔައީ ތިން ބައި ކުޅަ ދެބައި ޖާގަކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެހިސާބުން މި މައްސަލަ ވެގެންދިޔައީ ބޭއިންސާފުގެ ތިލަފަތުގައި އޮތް މައްސަލައަކަށްކަމަށެވެ. މި ހަނގުރާމަ ހުއްޓާލަންޖެހޭކަމާއިމެދު އެއްވެސް ޝައްކެއްވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައްޒާގައި ކުޑަކުދިން މަރަމުން އާންމުން ގަތުލު ކުރަމުން، ތަންތަން ލޫޓުވަމުން، އިމާރާތްތައް ފަނާކުރަމުން، މަގުތައް ހަލާކު ކުރަމުން، މުޅި ހަޟޯރާތެއް ނައްތާލަމުން އެ ގެންދަނީ އިންސާފުންކަމަށް ދެންނެވޭނެ ހަމަ އެކަކުވެސް މި ދުނިޔެއަކު ނޫޅޭނެ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަނގުރާމައިގެ މަގްސަދަކީ ހަމާސް ނައްތާލުން ނަމަވެސް، އެއީ އިޒްރާއީލަށްވެސް، އަދި މުޅި ހުޅަނގުގެ ހުރިހާ ބާރަކަށްވެސް ވާނެކަމެއް ނޫންކަމަށާއި، މިއީ އިންސާނިއްޔަތު ދައްކަމުން އަންނަ މަންޒަރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމާސް ނައްތާލުމަށް ކުރި ކޮންމެ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައިކަމަށާއި، މިކަން ތާރީހުން ފެންނަ އެބައޮތްކަމަށް ފާހަގަކޮށް ރައީސް ނަޝީދު އިޝާރާތް ކުރެއްވީ 2014 ވަނަ އަހަރުގެ ތެރޭގައި މުޅި ދުނިޔެއިން ހަމާސް ނައްތާލުމަށް ކުރި މަސައްކަތަށެވެ. އަދި ވިދާޅުވީ ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އަނެއްކާވެސް ހަމާޒްއިން ވަނީ އިޒްރާއީލުގެ ޑިފެންސް ފޫއަޅުވާލާފައިކަމަށެވެ. އަރަބި ހުރިހާ ގައުމަކާއި އިޒްރާއީލުން ގުޅުން އުފައްދަމުން ދިޔައީ ހަމާޒް ބާކީކުރުމަށްކަމަށާއި، ނަމަވެސް އެއީ ގޯސް ވިސްނުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިނިވަންކަމުގެ ރޫހަކީ އިންސާނާގެ ގައިން ނައްތާލެވޭނެ އެއްޗެއް ނޫންކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެއީ އިންސާނާ އަބަދުވެސް ވަކާލާތު ކުރައްވާނެކަމެއްކަމަށެވެ.

އަޅުގަނޑު ފަލަސްތީނު ރައްޔިތުން އެކުރާ ޖިހާދު، އެކުރާ ހަނގުރާމަ، އެކުރާ ސްޓްރަގަލް އެއީ އިންސާނިއްޔަތުގެ ސްޓްރަގަލްއެއް.

ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އަނިޔާތަކަށް ފަލަސްތީނުގެ ރައްޔިތުން ދައްކަމުންދާ ގަދަ ހިތްވަރު ރައީސް ނަޝީދު ސިފަކުރެއްވީ “އިންސާނިއްޔަތުގެ ސްޓްރަގަލް” އެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
69%ވަރަށް ގަދަ 21%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 5%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: