ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ބާކީހުރި ފަޅުތަކާއި ރަށްތައް ވިއްކާލާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފިނަމަ ދެންހުރި ފަޅުތަކާއި ރަށްތައް ވިއްކާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ރަށްތަކައް ކުރައްވާ ދަތުރުގައި ހދ. ނޮޅިވަރަމްގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ކުރިއަށް އޮތް މުސްތަގުބަލަށް ޒުވާނުންނަށް މިރާއްޖޭގައި އެންމެ ހަރު މުދަލެއްވެސް ނުހުރެދާނެކަމަށެވެ. ބޮޑު ތިލަދުން މައްޗަށް ގެނެސްދެއްވަނީ ބޮޑު ބަދަލެއްކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް މިހާރަށް ވުރެ ބޮޑު އިގްތިސާދީ ތަރައްގީއެއް ގެނެއުމުގެ ޕްލޭނެއް ކުރިއަށް ކުރައްވާކަމަށެވެ. 1.5 މިލިއަން ޓުއަރިސްޓުންނަށް ހިދުމަތް ކުރެވޭ ގޮތަށް އަދި ސާވިސް ދޭވޭ ގޮތަށް އެއާޕޯޓު ބޮޑު ކުރުމަށް އެ ސަރަހައްދުގެ ޓުއަރިޒަމަށް  ހީނުކުކުރާފަދަ ބޮޑު ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އޮތް ބިރުވެރިކަމަކީ މި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން ފަށާފައި ހުރި މަސައްކަތް ތަކަށް ހުއްޓުމެއް އައިސްދާނެ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުން ހާއްސަ ކޮށް އެސަރަހައްދުގައި ލޯކަލް ޓުއަރިޒަމްއަށް އަދި އުފެއްދުންތެރި އެހެން ކަންކަމަށް ފުރުސަތުތަށް ހުޅުވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ދައުރުގައި އެމަނިކުފާނުގެ ސިޔާސަތަކީ އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯނު ލިބޭނެ ގޮތް ހައްދަވާދެއްވާ ކުދި ވިޔަފާރިތަށްވެސް ބޮޑުތިލަދުންމަތީގައި ތަރައްގީކުރުން ކަމުގައި ވިދާޅުވުއެވެ. އަދި އިންޓްރެސްޓު ކުޑަ ދިގުމުއްދަތުން ދައްކާ ލޯނު މި ރަށްރަށުގެ ރައްޔިތުނަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރުގައި އެންމެ އިސްކަމެއް ދޭނެ ރަށަކީ ނޮޅިވަރަމް ކަމުގައި ވިދާޅުވިއެވެ. ނޮޅިވަރަމަށް ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި، ސުކޫލަށް ބޭނުންވާ އިތުރު ކުލާސް ރޫމުތަކާއި، މަލްޓިޕާޕަސް ހޯލާއި، އޮފީސް އިމާރާތް ގާއިމް ކުރުމާއި، އެއްދަން ފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަންނަވާފައިވެއެވެ. ޒުވާނުން ބެނުންވާހެން ކުޅިވަރު ކުޅެވޭނެ ގޮތަށް ސްޕޯޓްސް ކޮމްލެކްސް އެއް ގާއިމްކުރުމާއި، ސިއްހީ މަރުކަޒުން ދޭ ހިދުމަތް ތަކަކީ ހޮސްޕިޓަލުފެންވަރަށް ދެވޭ ހިދުމަތަށް ބަދަލުކޮށް، ކުޑަކުދިންގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއް ސިއްހީ މަރުކަޒުގައި ހިދުމަތްދޭ ގޮތަށް ބަދަލުކޮއްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

 ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުންހުންގެ ހިދުމަތް ފޯރުކޮށްދިނުމަކީ ތިން އަހަރުގެ ޕްލޭނެއްގެ ތެރެއިން ކުރަން ފަށައިގެން ކުރިއަށް ގެންދާ ކަމެއްކަމަށް ވިދާޅުވިއެވެ.  ނޮޅިވަރަމްގައި އަޅާ ފުލުހުންގެ އައު އިމާރާތާއިއެކު ފުުލުހުން އިތުރުކޮށް ފުލުންގެ ހިދުމަތް އެރަށުގައި ފަށައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.  ރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ޓަކައި ބަންދަރު ބޮޑުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ހައްދަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: