ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެ އުޅުމުގެ ބިލު އޮތީ ކޮމިޓީ މަރުހަލާގައި، ދެން އިތުރަކަށް އަޅުގަނޑު ކޮންކަމެއް ތޯ ކުރަންވީ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް ގެނައި ގާނޫނުގެ އިސްލާހު ބިލު އޮތީ މަޖިލީހުގައިކަމަށާއި އެކަމުގައި ދެން އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރައްވާފައި ވަނީ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމެރީއަށް އިއުލާނުކޮށް ރަސްމީކޮށް ކެމްޕެއިންތައް ފެށިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ހަ މަސް ފަހުން ބޭއްވި މި ބައްދަލުވުމުގައި ނޫސްވެރިން ވަނީ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއި، ރާއްޖޭގެ އިގްތިސާދު އަދި އެމްޑީޕީގެ އެތެރޭގެ މައްސަލަތަކާއި ގުޅޭ ސުވާލު އަމަޒުކޮށްފަ އެވެ.

ވެރިކަމަށް އައުމަށާއި، އަދި އިދިކޮޅުގައި އޮވެ އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރި އެއްވެ އުޅުމުގެ މިނިވަންކަން އަދިވެސް ނެތީ ކީއްވެގެން ތޯ އާއި ރައީސް ޔާމީން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލެވޭނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެ ބިލު އޮތީ މަޖިލީހުގައި ކަމަށެވެ. އެހެންކަމުން، މަޖިލީހުގައި އޮތް ބިލެއް އަވަސް ކުރުމަށް އެމަނިކުފާނަށް އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ދޭހަވާ މޭރުމަކުން ރައީސް ވާހަކަ ދެއްކެވި އެވެ.

”އެ ގާނޫނު އިސްލާހު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް އިސްލާހު އެބައޮތް ކޮމިޓީ ސްޓޭޖުގައި… އޮއްވައި ދެން އިތުރަށް އަޅުގަނޑު ކޮންކަމެއް ތޯ ކުރަންވީ“ ރައީސް

ރައީސް ވިދާޅުވީ އިހުތިޖާޖުކޮށް އަޑުއުފުލުމަށް މިހާރު ވެސް އެއްވެވޭކަމަށެވެ. ނަމަވެސް ފިޔަވަޅާއި ހަމައަށް ދާނީ، އިހުތިޖާޖު ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުން ބޭރުވުމުން ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނުތައް ތަންފީޒު ކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ގާނޫނާއި ހިލާފުވާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭނެކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުން ބިލު އިސްލާހު ކުރުމާއި އެކު ލަސް ކުރުމެއް ނެތި ތަސްދީގު ކުރައްވާނެ ކަމަށެވެ.

ގާނޫނުން އެ ހައްގު ހިފެހެއްޓިފައި އޮތް ނަމަވެސް އެއްވުންތަކަށާއި އިހުތިޖާޖުތަކަށް ޖާގައާއި ފުރުސަތު ދޭކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމާއި، ފުލުހުންގެ އެންގުންތަކަށް ބޯނުލަނބާނަމަ އެކަން ހުއްޓުވުމަށް ފިޔަވަޅު އޮންނަ އުސޫލުގެ ތެރެއިން އަޅާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ނުދޭކަމަށް ބުނެ އިދިކޮޅުން އެކި ފަހަރު މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ތަޅުމުން ވަނީ ބޭރުކޮށްލާފަ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނުގައި އޮތް އޮތުން އުވާލަން ރައްޔިތުންގެ މަޖިލީހަށް އޭގެ ފަހުން ހުށަހަޅާފައި އޮތް ބިލު ކުރިޔަށް ނުގޮސް ތާށިވެފައިވާއިރު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މިދިޔަ ޖޫން މަހު ބޭއްވި ޕްރެސްގައި ސުވާލު ކުރުމުން ކުރުމުން ވިދާޅުވީ އެކަމުގެ މައުލޫމާތެއް އެނގިވަަޑައި ނުގަންނަވާ ކަމަށެވެ.

އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހު ބުނާގޮތުން މާލޭގައި ހުއްދަ ނުހޯދައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. އެގޮތަށް އެއްވެވޭނެ ފުރުސަތު އޮތީ ހަމައެކަނި ކާނިވާ ސަރަހައްދުގަ އެވެ. ގާނޫނުގެ މާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނީ އަހުމަދު އަޒާނާއި، ޝިފްޒާން އަހުމަދުގެ ފަރާތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: