ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިބައިވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނުމަށް މަސަައްކަތް ކުރަން ޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ފެށުނު އައު އަހަރުގެ ޢަޒުމަކަށް ކޮންމެ މީހަކުމެ ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ސުލްހަ މަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކޮށް، ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސީލިހު ވިދާޅުވެއްޖެ އެވެ.

އައު އަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސް ވިދާޅުވީ މި އަހަރުގެ އެންމެ ބޮޑު އަމާޒަކަށް ވާން ވީ ހިޔާލު ތަފާތުވުންތަކާއި އެކުގައި ވެސް، ގައުމީ މަސްލަހަތަށް ބުރޫ އެރިޔަ ނުދީ، ސުލްހައިގެ މަގު އިހުތިޔާރު ކުރުމަށް ކަމަސެވެ. ނިމުނު އަހަރު ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުންކަން ފާހަގަކޮށް ރައީސް ވިދަޅުވީ އިންސާނީ ހައްގުތައް ކުރިއަރުވައި، އިޖްތިމާއީ ޢަދާލަތު ގާއިމުކޮށް، އަދުލު އިންސާފު ގާއިމުކުރުމަށް، މުހިންމު މަސައްކަތްތަކެއް 2022 ގައި ކުރެވުނު ކަމަށެވެ. އަދި އެކަމުން ރަނގަޅު ނަތީޖާއެއް ނެރެވުނުކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނުކަމަށާއި، ރައްޔިތުންނަށް އެކަމުގެ ލާބައާއަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އާއި މަންފާ މިހާރު ލިބެމުންދާކަމަށެވެ.

މީގެ އިތުރުން ވެސް ކޮވިޑް-19ގެ ދަތިތަކުން އަރައިގަނެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ފަހު، މިއަދު ތައްޔާރުވާންވީ، ކޮވިޑްގެ ކުރިން އޮތް އިގްތިސާ ހާލަތަށް ވުރެ ވެސް މާ ރަނގަޅު ހާލަތަކަށް ރާއްޖޭގެ އިގްތިސާދު ގެންދިއުމަށްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، ދިވެހި ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އައު ގޮތްތަކާ މެދު ވިސްނުން ހިންގުމަކީ، މިއަދު ކުރަންޖެހިފައިވާ ކަމެއްކަމަށާއި، ގައުމީ ތަރައްގީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަަށް ރައީސް އިލްތިމާސް ކުރެއްވި އެވެ. ރައީސް ވަނީ، އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ބަޔާންކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ މިއަދު މި ފެށުނު އަހަރަކީ، ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ޙަޔާތުގައިވެސް މުހިންމު ހަރަކާތްތަކަކަށް އަލިވިލުނު އަހަރެއްކަމުގައި ސިފަކުރައްވާފައެވެ. އަދި، މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިކަމަށާއި، ހައުމުގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ޙަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެެވެ.

ހަމައެފަދައިން ގައުމުގެ ސިޔާސީ އަދި އިޖްތިމާއީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ވެސް، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ، ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ހަރަކާތްތައް ކުރިއަށް ގެންދިއުންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: