ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެމްބަރުން ބޭނުން ވަނީ ޕީޖީކަމުން ޝަމީމް ވަކި ކުރަން!

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރެކިއުޓާރ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ ބައެއް މެމްބަރުން ފަށައިފި އެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި، މިދިޔަ ދައުރުގައި ހިނގައިދިޔަ ބައެއް ބޮޑެތި ހާދިސާތަކުގައި “މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން” ގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނުނު  ޝަމީމް މަގާމުން ވަކި ކުރުމަށް މީގެ ކުރިން ވެސް މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލާފައި ވެއެވެ. އަދި މި ދަނޑިވަޅު ދިމާވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން ހުރި މައްސަލަތަކާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އައިޝަތު މުހައްމަދު އެ މައްސަލަތަކުން ތަނާޒުލް ވުމަށް ހުށަހަޅާފައިވާ ވަގުތަކާއި އެވެ.

އެނގިފައިވާ ގޮތުގައި އައިޝަތު މުހައްމަދު މި މައްސަލަތައް ހުށަހެޅުއްވީ، ޝަމީމްގެ މައްޗަށް ތުހުމަތުތަކެއް ވެސް ކުރެއްވުމަށް ފަހު އެވެ. އަދި ޝަމީމާއި ދެކޮޅަށް ޕެޓިޝަނެއް ތައްޔާރު ކުރާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ޝަމީމް މަގާމުން ވަކި ކުރުމުގެ މަސައްކަތްތަކާއި ބެހޭ ހުށަހެޅުމަށް މިއަދު އޮތް އެމްޑީޕީގެ ޕީޖީ ބައްދަލުވުމަށް ހުށަހެޅައި އެކަމަށް ބައެއް މެމްބަރުން ތާއީދު ކުރި ނަމަވެސް މައްސަލަ ތާވަލުކޮށް އެއްވެސް މަޝްވަރާއެއް ކުރިޔަށް ގެންގޮސްފައި ނުވެ އެވެ. މިއަދު އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި އޮތީ، ހައިކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ހަމީދު ވަކި ކުރުމާއި މެދު ގޮތެއް ނިންމުމެވެ.

އެހެންވެ ޝަމީމްގެ މައްސަލަ ރަސްމީކޮށް ކުރިޔަށް ނުގެންދިޔައީ އެވެ. އެނގިފައިވާ ގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޝަމީމްގެ މަސައްކަތާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކި ކުރުމާއި މެދު ދެން އޮންނަ ބައްދަލުވުމެއްގައި މަޝްވަރާ ކުރާނެކަމަށް ބައެއް މެމްބަރުން މައުލޫމާތު ދެއްވަ އެވެ.

ޝަމީމާއި މެދު ހިތްހަމަނުޖެހުންތައް އޮތްކަމަށް ބެލެވެނީ، އެމްއެމްޕީއާރުސީގެ މައްސަލަތަކާއި ގުޅުވަ އެވެ. އަދި ޕީޖީގައި ބައެއް މައްސަލަތައް ތާށިވުން ފާހަގަ ކުރެވެ އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ވެސް އެތައް މަހެއް ވަންދެން ގޮތެއް ނުނިމި އޮތްއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕީޖީއާއި ދެމެދު ގުޅުން އެހާ ރަނގަޅެއް ނޫންކަން ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: