ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!

އުރީދޫ ފަން ރަން ރަސްމިއްުޔާތުގެ ތެރެއިން/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި ބޭއްވުމަށް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފި އެވެ.

އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވައިކަން އިއުލާނުކޮށްދެއްވީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވި އުރީދޫ ފަން ރަން 2023 ގެ ރަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ހުސައިން މުހައްމަދު ލަތީފެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ އުފާވެރި ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ނައިބު ރައީސާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ، ލ. އަތޮޅުގެ އިއްޒަތްތެރި ކައުންސިލް ރައީސް އިސްމާއިލް އަލީއަށް އަރުވާފައިވެއެވެ.

އެ ނިންމުމާއި ގުޅޭގޮތުން ޚާލިދު އަލް ޙަމާދީ ވިދާޅުވީ އުރީދޫ ފަން ރަން 2024 އަށް ލ. އަތޮޅު އިހުތިޔާރުކުރުމަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށެވެ.

މި އަހަރުގެ ދުވުމުގައި 6000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ 5ކޭ ގެ މި އުފާވެރި  އަދި އެންމެ ބޮޑު ދުވުމުގެ ދަރަޖަ އިތުރަށް ހަރުދަނާވެގެންދިޔައެވެ.

އުރީދޫ ފަން ރަން ކުރިއަށް ދިޔައީ 22 ޑިސެމްބަރ 2023 ވީ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެންގޮސް ފޭސް 1 އަދި ފޭސް 2 ގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ.

އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައު ގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ. އުރީދޫ މޯލްޑިވްސްއިން މިހާރުވެސް އަންނަނީ 2024 ވަނަ އަހަރު ބާއްވާ އުރީދޫ ފަން ރަންއަށް ތައްޔާރުވަމުނެވެ. ހުޅުމާލޭގެ އިތުރުން ރީޖަނަލް އުރީދޫ ފަން ރަން 2024 ލާމުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: