ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރާއީ ދޮގުކޮށްފި

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ގުޅުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދޮގުކުރައްވައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ޖެހި، ޕާޓީ ދެބައިވެގެން ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ނިކުމެ އެންމެ ބޮޑަށް އެމަނިކިފާނު ދިފާއު ކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ރޭ ކުއްލި ގޮތަކަށް އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. ސިޔާސީ މަސައްކަތާއި ދުރަށް ޖެހިވަޑައިގަތީކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް މިއަދު މީޑިއާތަކުން ވަނީ މެލެޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރު މަރިޔަމް މިޒްނާ ޝަރީފް އެ މަގާމުގައި ބެހެއްޓުމަށް ސަރުކާރުން ނިންމިކަން ރިޕޯޓުކޮށްފަ އެވެ.

އެއާއި އެކު ސޯޝަލް މީޑިއާގައި ވަނީ އެގޮތަށް ނިންމާ އެހެން ނިންމުންތަކާއި އެކު، ޝަރީފެކޭ އެއްގޮތަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕާޓީން ވަކިވާނެކަމަށް ތުހުމަތުކޮށްފަ އެވެ. އޭގެ ތެރޭގައި ރާއީގެ ނަން ވެސް ހިމެނޭއިރު އެ ވާހަކަތައް ދޮގުކޮށް އޭނާ ވިދާޅުވީ ރައީސް ސޯލިހަށާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ އާންމު މެމްބަރުންނަށް އޭނާ ދޭން އޮތީ ދެގޮތެއް ނުވެ ޕާޓީގައި ހުންނާނެކަމުގެ ޔަގީންކަން ކަމަށެވެ.

ރާއީ ވިދާޅުވީ މިއީ އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް އެކުގައި ގަދަކޮށް ތިބެން ޖެހޭ ވަގުތެއްކަމަށާއި، އޭނާގެ އެދުމަކީ ޕާޓީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުން އާންމު މެމްބަރުންގެ ހިތްވަރަކަށް ވެ ވަރުގަދަ އަޒުމަކާއި އެކު ދެމިތިބުން ކަމަށެވެ.

ސަރުކާރުތައް ބަދަލުވެ، މަޖިލީހުގައި ތިބޭ މެމްބަރުންތައް އިދިކޮޅު ޕާޓީ ދޫކޮށް ސަރުކާރާއި ގުޅުމަކީ އާންމުކަމެކެވެ.

ކެބިނެޓުގެ ވަޒީރުންނަށް ރުހުން ދިނުން ކުރިޔަށް އޮތްއިރު، ރުހުން ދޭން ނުފެންނަކަމަށް ފެންނަ ވަޒީރުންނާއި މެދު އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އޮތްކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: