ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަންކޯއިން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފި

އާބަންކޯއިން ހުޅުމާލޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުން/ ފޮޓޯ: އާބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އާބަންކޯއިން ހުޅުމާލޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު 8:30 ފެށިގެން ކުރިއަށް ގެންދިޔަ ހަފްލާގައި އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 1000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.

މި ފަހްލާގައި ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެވުނެވެ.

ގިނަ އަދެއްގެ މީހުން ބައިވެރިވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް އެވެ. އަދި ހަފްލާގެ ބައިވެރިންނާ މުހާތަބު ކުރައްވައި، ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަކީ އެއް ލޭ ހިނގާ، އެއް އާއިލާއެއް ކަމަށާއި، އެއްބައިވަންތަކަން ބީވިޔަދީގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ސުނާމީ ކާރިސާއަށް ފަހު ކޮން އަހަރުވެސް ޑިސެމްބަރު 26 ވަނަ ދުވަސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި ފާހަގަކުރެއެވެ.

މިފަދަ ގައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް އާބަންކޯއިން އަބަދުވެސް އިސްކަން ދެއެވެ. އަދި މިފަދަ ގައުމީ މުނާސަބަތުތަކުގައި އާބަންކޯގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް ފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: