ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގެ ކަރަންޓު ދިނުމުގެ ހާލަތާއި، ފެނާއި ނަރުދަމާ ނިޒާމު ހަރުދަނާ ކުރަނީ!

ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ދިރާސާކޮށް އެ ނިޒާމު މަރާމާތުކުރުމަށާއި އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް އެއްބަސް ވުމުގައި ސޮއި ކުރުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ދިރާސާކޮށް، އެ ނިޒާމު މަރާމާތުކުރުމަށާއި އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނަރޖީއާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެންވައިރޮމެންޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ތޯރިގް އިބްރާހިމް ސޮއިކުރެއްވި އިރު ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނެޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދެވެ. މި މަސައްކަތުގެ ސުންގަޑިއަކީ މި ފަހުމުނާމާގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން މަސްދުވަހެވެ.

މި އެއްބަސްވުމުގެ މަގްސަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުން ދާ ޑިމާންޑާއި އެއްވަރަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުން ކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، ކުރިއަށް އޮތް ވިހިއަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި، މި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި، މަރާމާތުކުރުމަށާއި، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި، ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫޢުއެއް އެކުލަވާލައި އެ މަޝްރޫޢު ތަންފީޒު ކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މައުލޫމާތު ކަމާއި ގުޅޭވުޒާރާ މެދުވެރިކޮށް ފޯރުކޮށްދިނުމާއި، ހަކަތައާއި ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި، ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމާއި، ތައްޔާރު ކުރެވޭ މަޝްރޫއުއާއި އެކްޝަން ޕްލޭން އިކްނޮމިކް ކައުންސިލަށް އެ ކައުންސިލުގެ އެންޑޯސްމަންޓް ހޯދައިދިނުމެވެ.

ފަހުމުނާމާގެ ދަށުން ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ޒިންމާތަކުގެ ތެރޭގައި ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޑިމާންޑް ސްޓަޑީއެއް ހެދުމާއި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރގެ ޙާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއް ކުރުމާއި، ދިރާސާގެ އަލީގައި ވިލިމާލޭގައި ގާއިމިކޮށްފައިވާ އިންފްރާންސްޓްރަކްޗަރގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ މިންވަރު ކަނޑައެޅުމާއި، ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް ބޭނުންވާނެ އިންވެސްޓްމަންޓުގެ އަދައު ކަނޑައެޅުމާއި، އަދި ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތުކޮށް އަޕގްރޭޑް ކުރުމަށް މަޝްރޫޢުއެއް އެކުލަވާލައި އެ މަޝްރޫޢު ތަންފީޛުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: