ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ދުވަސްވީ ސަރުކާރަކަށް އެމްޑީޕީން ފާޑުކިޔަނީ ހަތަރު އަހަރުވީ ވެރިކަމެއް ހެން: މޫސާ ފަތުހީ

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މޫސާ ފަތުޙީ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމާއި މެދު ސުވާލު އުފައްދައި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުންގެ އަމަލުތައް ހުރީ މިއީ ފަސް އަހަރުގެ ދައުރު ހަމަވާން ކައިރިވެފައި އޮތް ސަރުކާރެއްހެންކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެ އެވެ.

މޫސާ ފަތުހީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ، ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ތެރޭގައި ހިންގަނީ ބަލައިގަނެވޭނެކަންކަމެއް ނޫންކަމަށެވެ. ސަރުކާރެއް އުފެދި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޝްރޫއެއް އިފްތިތާހު ކުރީ ކޮން ވެރިކަމެއްގައިތޯ ސުވާލު އުފައްދައި މޫސާ ފަތުހީ ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިހާބުވި އެއްވެސް ވެރިކަމެއްގައި އެފަދަ މަސައްކަތެއް ފެނިފައި ނުވާކަމަށެވެ.

ރައީސް މުއިއްޒު ބޯހިޔާވަހިކަމާއި ގުޅުން ހުރި ބޮޑު މަޝްރޫއުއެއް ފެއްޓެވީ، ތިރީސް ދުވަހުގެ ތެރޭގައިކަން ފާހަގަކުރައްވައި މޫސާ ފަތުހީ ވިދާޅުވީ މަޖިލީހުގެ ތެރެއިން އިތުރު މަސައްކަތްތައް ކުރިޔަށް ގެންދަން ޖާގަ ނުދޭން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

މިއީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ހޯދައިދިނުމަށް އެމަނިކުފާނު ހިންގަވާ ގައުމީ މަޝްރޫއުއެއް.. ދެން ފާޑުކީ މީހުން ފާޑުކިޔަމުން މިއައީ ހުދު އެބައި މީހުންގެ ސަރުކާރުގައި ވެސް އަމަލު ކުރިގޮތް އެބޭފުޅުން މިހާރު ހަނދުމަ ނެތީ.. އަމުދުން އެބޭފުޅުން ފާޑުކިޔާއިރު އެބަހީވޭ ރައީސް މުއިއްޒުގެ ސަރުކާތަށް ހަތަރު އަހަރުވެ، ފަސް އަހަރު ވަނީއްޔޭ.. ބައްލަވާ އަދި އެމަނިކުފާނުގެ ސަރުކާރަށް އެންމެ މަސް ދުވަސް މިވީ..

މޫސާ ފަތުހީ ވިދާޅުވީ ސަރުކާރު އުފެދުމުގެ ގިނަ ކަންކަން އަދިވެސް އޮތީ މަޖިލީހުގެ ސަބަބުން ފުރިހަމަ ނުވެކަމަށެވެ. ސަރުކާރެއް ބިނާވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންގެ މަޖިލީހަށްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަޒީރުންގެ މަޖިލީހަށް ގާނޫނީ ބާރުވެރިކަން ލިބެން ތިންކަމެއް ފުރިހަމަވާން ޖެހޭއިރު އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުން އައްޔަނު ކުރުމާއި ގާނޫނީ ހުވާކުރުން އަދި ތިންވަނަ ކަމަކަށް ވަޒީރުންގެ މަސްއޫލިއްޔަތާއި ގާބިލިއްޔަތުކަމަށް ބަލައި ދުސްތޫރީ ގޮތުން ވަޒީރުންނަށް ރުހުން ދިނުން ހިމެނޭކަމަށް މޫސާ ފަތުހީ ވިދާޅުވި އެވެ.

އަދި އެކަން ފުރިހަމައެއް ނުވޭ އިނގޭތޯ… މި ދެންނެވިހެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތަށް އަދި އެއްމަހާއި އަށެއްކަ ދުވަސް މިވީ.. އެކަމަކު ތަފާތަކަށް މިވީ ސަރުކާރު އުފެއްދުމުގެ ޖާގަ ފުރިހަމަ ގޮތުގައި ތަނަވަސްކޮށްދީފައި ނުވާއިރު ވެސް ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށްޓަކައި ބޯހިޔާވަހިކަމާއި ގުޅުން ހުރި މަސައްކަތަތައް ފެއްޓެވުން..

މޫސާ ފަތުހީ ވަނީ އެމްޑީޕީގެ މެޖޯރިޓީއެއް އޮތް، މެމްބަރުން ވަޒީރުންނަށް ރުހުން ނުދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވެފަ އެވެ.

ވަޒީރުންނަށް ރުހުން ދޭން އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރިއިއިރު، މި މައްސަލަ ވަނީ ކޮމިޓީގައި ކުރިޔަށް ގެންދެވޭ ގޮތް ނުވެފަ އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މައްސަލައިގައި ކޮމިޓީން ރިޕޯޓު ފާސްކުރީ ގަވައިދާއި އެއްގޮތަށް ނޫންކަމަށް ނިންމައި އެ ރިޕޯޓު އަނބުރާ ފޮނުވާލާފައި ވަނީ މި މަހުގެ 18 ގަ އެވެ. އެގޮތަށް ނިންމާފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް ސަރުކާރުން ހުށަހަޅާފައި ނުވާކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަށް އެހެން މެމްބަރުން ވެސް ތާއީދުކުރުމުންނެވެ.

އެހެންވެ އެކަމާއި ގުޅޭގޮތުން ކޮމިޓީ ބައްދަލުވުމެއް މި ހަފްތާއަށް ތާވަލު ކުރުމުން ވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލް ކުރީ އެވެ.

އަނބުރާ ކޮމިޓީއަށް ފޮނުވާލި މި މައްސަލައަކީ ތަޅުމުގައި ވޯޓާއި ހަމައަށް ދިޔަ މައްސަލައެކެވެ. އެކަމަކު ކޮމިޓީގެ ރިޕޯޓު ފުރިހަމަ ނުވާތީ އެކަން ފާހަގަކޮށް ހިސާން ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ އެގޮތަށް އޮވެ، ވަޒީރުންނަށް ރުހުން ދޭން ވޯޓަށް އެހިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ނިޒާމީ ނުކުތާ ބަލައިގަތުމަށް ނިންމަވައި، ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީން ރިޕޯޓު އެކުލަވާލާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 200 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ނުވެ ކަމަށެވެ.

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ވިސްނުން ހުރީ، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށްކަމަށް ވެސް ވާހަކަދެކެވެ އެވެ. އެހެން ނަމަވެސް އެކަން އަދި ކަށަވަރުވާ ގޮތް ނުވެ އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: