ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ އެންމެން އެކުގައި އިސްލާމްދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅު: ރައީސް

ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުން ގައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަން ވީ ފިލާވަޅަކީ އެންމެން އެކުގައި އިސްލާމް ދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމްދީނުގައި އެއްބައިވަންތަކަމާއެކު ތިބެވުމަކީ ދިވެހިންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއްކަން ހަނދާން އައު ކުރުމަށް އެދޭ ކަމަށެވެ. އަދި ބައިބައިވުމާއި އިސްލާމީ އަހުވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުސަތު ނުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އެއްދީނެއްގެ، އެއް ބަހަކުން ވާހަކަދައްކާ އެތައް ނަސީބެއްގެ ވެރި ބައެއްކަމަށެވެ. އަދި އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާލިބިފައި ތިބ،ި އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން ދިވެހި ރައްޔިތުންނަށް ލިބިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. ހަމަ އެހެންމެ، އެއް ސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަމާއި ދިވެހީން އެއްބައިވަންތަ ކުރުވީ މި އެއްގޮތްވަންތަކަންކަމުގައި ރައީސް ވިދާޅުވި އެވެ.

މީ އެއް ޤައުމެއް. އެއް ބައެއް މި ހުރިހައި ކަމެއް ބުނެދެނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑުމެން ދިވެހީންނަކީ އެއް ބަޔެއްކަން. އެއްބައިވަންތަކަމަކީ އަޅުގަނޑުމެން ދިވެހީންގެ ރަމްޒެއްކަން. އަޅުގަނޑުމެން ކުރިޔަށް ފިޔަވަޅު އަޅާނީ އެއްބައިވަންތަކަމުގެ ރޫޙުގައިކަން.

ރައީށް މުއިއްޒުގެ ވާހަކަފުޅުގައި ސުނާމީ ކާރިސާގެ ތެރޭގައި އަދި އެ ކާރިސާއާ ގުޅިގެން އެކިރަށްރަށަށް ހިޖުރަކުރި މީހުންނަށް އެހީތެރިވުމުގައި ދިވެހިންނަކީ އެއްބައިވަންތަ އަދި އެއްބައެއްކަން ދައްކުވައިދިންކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: