ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ކަލަންޑަރ 2024: ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް!

އުރީދޫ ކަލަންޑަރ 2024: ދިވެހިންގެ ފަރާތުން ދިވެހިންނަށް މިފަހަރު ގެނެސްދެނީ ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

“ދިވެހިންގެ ފަރާތުން ދިވެހިންނަށް މިފަހަރު ގެނެސްދެނީ ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް” ގެ ނަމުގައި އުރީދޫ ކަލަންޑަރ 2024 އިފްތިތާހުކޮށްފި އެވެ.

2024 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްދެއްވީ އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވި ހަފްލާއެއްގައި ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމެވެ.

މި އިފްތިތާހު ކުރެވުނު ކަލަންޑަރާއެކު ތައާރަފް ކުރެވުނު “އަތޮޅު ދުވުން” ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރ ޖޯންރާގެ ގޭމެވެ.

އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް” ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި ދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށްވާއިރު، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

އުރީދޫ އަކީ ދިވެހިން އަދި ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް. ދިވެހި ބަހުން އެންމެ ފުރަތަމަ ފަހަރަށް ވައިބާ ސްޓިކަރ ތައްޔާރުކޮށް، އުރީދޫގެ ހާއްސަ ރަސްމީ ފޮންޓެއް ވެސް ވަނީ ތައްޔާރު ކޮއްފަ. މިފަހަރު މި ތައާރަފުކިރީ ދިވެހިވަންތަ ގޮތަކަށް ދިވެހިޒުވާނުން ފަރުމާކޮށް އުފައްދާފައިވާ ކަލަންޑަރ އަދި ގޭމެއް. މުނިފޫހިފިލުވުމުގެ މިފަދަ ގޭމްތަކުންވެސް އެކަކު އަނެކަކާ އޮންނަ ގުޅުނަ ބަދަހިވެ، މި ގޭމުގައި ހިމެނިފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިތުރު ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެހީވެދޭނެ. އެދެނީ ދިވެހިން ކުރިއެރުވުމަށ އަދި ފަންނިއްޔާތު ކުރިއެރުވުމަށް އޫރީދޫ ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބުމަށް.
މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އަލްފާޟިލް އާދަމް ނަސީރު އިބްރާހީމް

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ އުރީދޫ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: