ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްމަޓީގެ ޕާސްޕޯޓުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ!

އަހްމަދު މޫސާ (އަންމަޓީ) — ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހި އެތައް ރައްޔިތެއްގެ އަތުން ފައިސާ ނަގައި، ފްލެޓު އަޅައިދޭނެކަމަށް ބުނެ ހިޔާނާތްތެރިވިކަމުގެ ތުހުމަތުތައް ކުރެވޭ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަސް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދޫކޮށްފައިވަނީ ރަނގަޅަށްކަމަށް ހައިކޯޓުން ނިންމުމުން ދައުލަތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.

ހުޅުމާލޭގައި ބޮޑު ސަރަހައްދެއްގައި ފްލެޓު އެޅުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ސީލައިފް ކުންފުނިން ވަނީ 203 މީހެއްގެ އަތުން ފައިސާ ނަގާފަ އެވެ. އެ ކުންފުނިން ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރ. ނަގާފައިވާއިރު، ބައެއް ފަރާތް ތަކުން ފްލެޓަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓުގެ ގާތްގަނޑަކަށް 600،000 ރ. ވެސް ނަގާފައި ވެ އެވެ. ނަމަވެސް އެ ކުންފުނިން ފްލެޓު އަޅާ ސަރަހައްދު ކޮނެލުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތްވުމުގެ 42 ދައުވާއެއް އުފުލައި، ކޯޓަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރު އެވެ. މި ހުރިހާ ދައުވާއެއް އައްމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެ އެވެ.

މި މައްސަލައިގެ މަރުހަލާގެ ތެރޭގައި އޭނާ ކަފާލާތުގެ ދަށުން ވެސް ދޫކުރި އެވެ. އައްމަޓީގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ މި މަހުގެ 06 އިން 25 އާއި ހަމައަށެވެ. މައްސަލަ ނިންމި އިރު ޕާސްޕޯޓު ވަގުތީގޮތުން ދޫކުރުމަށް ނިންމި މުއްދަތު އޮތީ ހަމަވެފަ އެވެ. އަދި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައި ވަނިކޮށް، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު މުރާޖައާ ކުރުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުގައި ކުރާ އިސްތިއުނާފާއި މެދު ގޮތެއް ނިމެން ދެން އެ އަޑުއެހުން ކުރިޔަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ވަނީ އެދިފަ އެވެ.

އައްމަޓީގެ ޕާސްޕޯޓު މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ފުރަން ހުއްދަ ދިނުމުގައި އެނާ ފަރުވާ ހޯދަން ޖެހޭ ސިއްހީ މައްސަލައަށާއި އެކަމުގައި ވަށައިގެން ހުރި ކަންކަމާއި އަދި އޭނާގެ ފަރާތުން ކޯޓަށް ދީފައިވާ އެއްބާރުލުމަށް ރިއާޔަތް ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: