ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުން ދިނުން ލަސްކުރާތީ އެމްޑީއޭގެ ކަންބޮޑުވުން!

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ސަލާމް ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދީ ލަސްކޮށް މަޖިލީހުގައި އެ މައްސަލަ ކުރިޔަށް ނުގެންދާތީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ޕާޓީން މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރާ މެމްބަރުންނަށް ރުހުން ދިނުން މަޖިލީހުގެ މައްޗަށް ލާޒިމްވެގެންވާ ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ މަސްލަހަތު އިސްކޮށް، ވަޒީރުންނަށް ރުހުން ނުދީ އެ މަރުހަލާ ދިގުދެންމުން އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން އަދި ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ބައެއްކަމަށެވެ. އަދި އެކަން ފާހަގަކޮށް އެމްޑީއޭއިން ބުނެފައި ވަނީ ވަޒީރުންނަށް ރުހުން ނުދީ ލަސްކުރާތީ އެކަމާ ދިވެހި ރައްޔިތުން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީން އިތުރަށް ބުނެފައި ވަނީ މި ސަރުކާރު ވެރިކަމަށް ގެނައީ ރައްޔިތުންގެ ބޮޑު އަޣުލަބިޔަތަކުން ކަމަށާއި، ސަރުކާރަށް ދަތިވާ ގޮތަށް ދައުލަތުގެ އެއްވެސް ބާރަކުން އަމަލުތައް ބެހެއްޓުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެހެންކަމުން މި ދައުރު ނިމުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުން އަވަސްކޮށްދޭން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުގައި އެ ޕާޓީން އެދިފައިވާނެކަމަށް އެމްޑީއޭއިން ބުންޏެވެ.

އެމްޑީއޭއިން ވަޒީރުންގެ މައްސަލަގައި ބަޔާނެއް އާންމު ކުރިއިރު މާދަމާއަށް ތާވަލު ކުރި މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާއަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާގައި ނެތެވެ. އެހެންކަމުން ބެލެވޭ ގޮތުގައި، ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ މިވަގުތު ވަނީ ޕާކު ކުރެވިފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މައްސަލައިގައި ކޮމިޓީން ރިޕޯޓު ފާސްކުރީ ގަވައިދާއި އެއްގޮތަށް ނޫންކަމަށް ނިންމައި އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލިފަހުން ކޮމިޓީގެ ކޯރަމް ވެސް ހަމައެއް ނުވެއެވެ.އެގޮތަށް ނިންމާފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް ސަރުކާރުން ހުށަހަޅާފައި ނުވާކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަށް އެހެން މެމްބަރުން ވެސް ތާއީދުކުރުމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ވިސްނުން ހުރީ، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށްކަމަށް ވެސް ވާހަކަދެކެވެ އެވެ. އެހެން ނަމަވެސް އެކަން އަދި ކަށަވަރުވާ ގޮތް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: