ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ދަރަނިތައް އިންތިހާއަށް ބޮޑު، ހާލަތު އޮތީ އޮޕަރޭޝަންސްތަކަށް ވެސް ދަތިހާ ހިސާބުގައި: މުއާޒް

ފެނަކައިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވާހަކަދައްކަވަނީ -
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ މެނޭޖްމަންޓުން ފެނަކަ ކޯޕަރޭޝަން ހިންގާފައި ވަނީ، ކުންފުންޏަށް މާލީ ގޮތުން އެތައް ގެއްލުންތަކެއް ލިބޭގޮތަށްކަމަށް މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ފެނަކައާއި ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނި ހިންގާފައި ވަނީ ޕްރޮޖެކްޓުތައް މާކެޓު އަގަށް ވުރެ ބޮޑު ހަރަދެއްކޮށްގެން ކަމަށެވެ. އެގޮތުން މަސައްކަތާއި ހަވާލުވެ، ހާލަތު ދެނެގަތުމަށް ކުރެވުނު ދިރާސާތަކުގައި ފެނަކަ އޮތީ ވަރަށް ދަށް ހާލަތަކަށް ގޮސްފައިކަން ފާހަގަކުރެވުނުކަމަށާއި، އެންމެ ބޮޑު މައްސަލައަކީ އެޅިފައި އޮތް ދަރަނިކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އެ ދަރަންޏާއި އެކު، ކުރިޔަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. ފެނަކައަކީ ދިވެހި އެތައް ރައްޔިތަކަށް ހިދުމަތް ދެމުން ގެންދާ ޔޫޓިލިޓީ ކުންފުންޏަކަށްވާއިރު މުއާޒް ވިދާޅުވީ ހާލަތު އޮތީ އޮޕަރޭޝަންތަކަށް ވެސް ބުރޫއަރާ ހާލަތެއްގައި ކަމަށެވެ. އެގޮތުން ކުންފުނީގެ ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ އަދި އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ 3.2 ބިލިއަން ރުފިޔާއަށް އަރާއިރު ދަރަނި ވެސް ހުރީ 4.16 ބިލިއަން ރުފިޔާގައިކަމަށް މުއާޒް ވިދާޅުވި އެވެ.

ކުންފުންޏަށް މިހާ ބޮޑު ގެއްލުމެއް ލިބުނު ސަބަބެއްކަމަށް މުއާޒް ވިދާޅުވެފައި ވަނީ، އިންހައުސްކޮށް ގިނަ ޕްރޮޖެކްޓުތައް ހިންގާފައިވުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑު ގެއްލުންތަކާއި ކުރިމަތިވެ، އެފަދަ ގިނަ ޕްރޮޖެކްޓުތައް ވެސް ހުއްޓުމަކަށް އައިސްފައިވާކަމަށް މުއާޒް ވިދާޅުވި އެވެ. މުއާޒް ހާމަކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މުހާރު ވެސް އިންހައުސްކޮށް 60 ޕްރޮޖެކްޓެއް ރިޕޯޓުކޮށްފައި ވެއެވެ. އެކަމަކު މިފަދަ އެއްވެސް ނިންމުމެއްގައި ބޯޑުގެ ބައިވެރިވުމެއް ނުވަތަ ބޯޑުގެ އެޕްރޫވަލްއެއް މަޝްވަރާއެއް ނެތްކަމަށް މުއާޒް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިއީ ނިންމިދާނެ، ނިންމުންތަކެއްތޯ ސުވާލު ވެސް އުފެދޭކަމަށް މުއާޒް ވިދާޅުވި އެވެ.

މީގެއިތުރުން މުއާޒް ވިދާޅުވެފައި ވަނީ މާކެޓު އަގުގައި 23 މިލިއަނަށް ނިންމެން ހުރި ޕްރޮޖެކްޓުތައް ނިމޭއިރު 115 ހަރަދުވެފައި އެބަހުރި ކަމަށެވެ. އަދި 19 މިލިއަނަށް އެޅޭނެ އިމާރާތެއް ނިމޭއިރު 159 މިލިއަނަށް އަރާކަމަށް ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވުގެ މަރުހަލާގައި މީޑިއާތަކަށް ދެއްވި މައުލޫމާތުތަކުގައި މުހައްމަދު ފިޒުރުލް ވަނީ ފެނަކައިގެ މާލީ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގެ ޖުމުލަ ދަރަނި 4.1 ބިލިއަނަށް އަރާއިރު، އޭގެ ތެރެއިން 3.2 ބިލިއަނަކީ އެކި ސަޕްލަޔަރުންނަށާއި ވިޔަފާރިތަކަށް ދައްކަންޖެހޭ ދަރަނިކަމަށެވެ.

ފެނަލައިގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަޖިލީހަށް ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުން ވަނީ ކުންފުނި ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. ފެނަކައިން ކުންފުނި ތަކަށް ލާރި ނުދޭ މައްސަލަ ހޫނުވެ އެވާހަކަ މަޖިލީހުގައި މެމްބަރުން ވެސް ވަނީ ދައްކާފައެވެ. އެގޮތުން ބައެއް މެމްބަރުން ބުނި ގޮތުގައި ފެނަކައިން މަސައްކަތް ކުރުވާފައި ފައިސާ ނުދީ 8 މަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެފައި އެބަހުއްޓެވެ. އެކި ކުންފުނިތައް ލައްވާ އެކި މަސައްކަތް ކުރުވުމަށްފަހު ނުވަތަ އެ ހިދުމަތް ނުދޭ ކަމަށް ބުނެ ފެނަކައިން ފައިސާ ނުދީގެން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް އެކި ބަސްތައް ލިޔެފައިވާ ބެނާތަކާ އެކު ފެނަކައިގެ މައި އޮފީސް ހުންނަ ޕޯޓް ކޮމްޕްލެކްސް ދޮރުމަތީގައި މުޒާހަރާއެއް ވެސް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. އުވާލަންވީނު. އޭރުވެސް ވައްކަން ކުރި މީހުން މިހާރުވެސް ތިބީ ބޮޑުންނަށް. ކައިރޮކޮއްފަ

  2. ތިހާވަރު ކޮމްޕެނީއަށް ކޮއްފައޮތްއިރު އޭރުގެ މެނޭޖިންގ އިރެކްޓަރަށް ފިޔަވަޅުނޭޅިގެން އުޅެނީ ކީއްވެބާ ތީގެ އަސަރު އެންމެހާރައްޔިތުންނައްކުރޭ އޭނައެކަނިނޫން ފިޔަވަޅުއެޅެންޖެހެނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށްވެސް ފިޔަވަޅުއެޅެންޖެހޭ މެނޭޖިންގ ޑިރެކްޓަރ އަމަލުކުރަނީ ރައީސުލްޖުމްހޫރިއްޔާގެއޯޑަރައް މިދެފަރާތަށްވެސް ގާނޫނީގޮތުން އެޅެންހުރިފިޔަވަޅެއް އަޅަން ސަރުކާރަށްގޮވާލަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: