ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހުން ޕީއެސްއެމުން ހިދުމަތް ހޯދީ ދެ ފަހަރު، އެއަށް ވާނީ އަގު ދައްކާފައި: ސަންގުޓީވީ

ސަންގުޓީވީގެ ބަޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ސަންގުޓީވީން ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެހީތެރިކަން ހޯދީ ޖުމްލަ ދެ ފަހަރުކަމަށާއި އެ ހިދުމަތަށް ވެސް ޕީއެސްއެމަށް އަގު ދައްކާފައިވާނެކަމަށް ސަންގު ޓީވީން ބުނެފި އެވެ.

ޕީއެސްއެމަށް އެއްވެސް އަގެއް ނުދީ، އުސޫލާއި ހިލާފަށް ސަންގުޓީވީން އިކުއިޕްމެންޓުތަކެއް ނެގިކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން މިއަދު ރިޕޯޓު ކުރި އެވެ. އެ ވާހަކަތައް ޕީއެސްއެމުން ވެސް ދޮގުކުރިއިރު، ސަންގުން ވެސް ވަނީ އެފަދަ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަަކަތައް ނުފެތުރުމަށް އެދިފަ އެވެ.

މައްސަލައިގައި މިރޭ ސަންގުޓީވީން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ޕީއެސްއެމްއާއި ދެމެދު ޒަމާނުއްސުރެ އޮތީ ޕްރޮފެޝަނަލް އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގުޅުމެއް ކަމަށެވެ. އަދި ސަންގުޓީވީ އުފެދި މިއަދާއި ހަމައަށް ދައުލަތުގެ މީޑިއާއިން ހިދުމަތް ދީ، އެ އެހީތެރިކަން ދިނުން ހުއްޓާލާފައި ނުވާކަމަށް ބުންޏެވެ.

ބަޔާނުގައި ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ވެސް ލިބިފައި ވަނީ ޕީއެސްއެމް އޭރަކު ހިންގަވަން ހުންނަވާ ވެރިއެއް އަމިއްލަ މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންގުޅުއްވާ އަމިއްލަ އަހައްމިއްޔަތުކަމާއި ލީޑާޝިޕްގެ ދަށުން ކަމަށެވެ. އަދި އެ ގުޅުމުގެ ދަށުން ދެ ފަރާތުން ވެސް އެކިކަންކަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ސަންގުޓީވީން ޕްރައިވެޓް މީޑިއާތަކަށް، ޕްރައިވެޓް މީޑިއާތަކުން ސަންގުޓީވީއަށް، ސަންގުޓީވީން ދައުލަތުން މީޑިއާއަށް، ދައުލަތުގެ މީޑިއާއިން ސަންގުޓީވީއަށް އިވެންޓުގެ ކުޑަބޮޑުމިނަށް ބަލައި އެހީތެރިކަން ބޭނުންވާ ނިސްބަތަކުން އެބައެއްގެ ގަބިލުކަން ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެ އެވެ.

ސަންގުޓީވީގެ ބަޔާނުގައި ބުނެފައި ވަނީ އެ މީޑިއާ އާއި ޕީއެސްއެމްގެ އެކި ކަންކަމުގައި އަދި އެ ޓީވީން އެހެން ޕްރައިވެޓް މީޑިއާތަކަށް ވެސް ފޯރުކޮށްދެވެން އޮތް އެހީތައް އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ. އެފަދަ ބައެއް ކަންކަމަކީ ބައެއް ފަހަރު އަގު ނަގައިގެން، ކުރާ ކަންކަމަށްވާއިރު އަނެއްބައި ފަހަރު އަގު ނުނަގައި ވެސް އެހީތައް ފޯރުކޮށްދެވިފައި ހުންނާނެކަމަށް ބަޔާނުގައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ސަންގުޓީވީން ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެހީތެރިކަން ހޯދީ ޖުމްލަ ދެ ފަހަރުކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ އެ ދެ ހިދުމަތަށް ވެސް ޕީއެސްއެމް އަގު ނަގާފައިވާ ކަމަށެވެ. އަދި ޕީއެސްއެމްއިން އެއްވެސް މުދަލެއް ނުވަތަ އަދި އެ ނޫން ވެސް އެހީތެރިކަމެއް އޮންނަ އުސޫލުން ބޭރުން ހޯދާފައިނުވާނެކަމަށް ބަޔާނުގައި ވެއެވެ.

އެ ފައިސާ ވެސް ސަންގުޓީވީން ދައްކާފައިވާނެކަމަށާއި، އެކަމުގެ މައުލޫމާތު ދޭން އެދޭ ފަރާތަކުން އެކަމަށް އެދުމުން އެ މައުލޫމާތުތައް ދޭން ސަންގުޓީވީ އޮތީ ތައްޔާރަށްކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާން ނިންމާލަމުން ސަންގުޓީވީން ބުނެފައި ވަނީ ރާއްޖޭގެ އެއް މީޑީއާއަކުން އަނެއް މީޑިއާކަށް އެހީވުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރީތި ސަގާފަތެއް އަބަދުވެސް އޮންނަ ކަމަށެވެ. އެހެންކަމުން އެދުމަކީ އެ އާއިލާއާއި އެކު ކުރިޔަށް ދިއުމަށްކަމަށާއި ސަންގުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދައުލަތުގެ މީޑިއާ އަދި އެހެން މީޑިއާތަކަށް ވެސް ލިބޭނެކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮބާތޯޯ ޕީި. ޢެސްް. ޢެމްް އިންް އާންމުު ރައްޔިތުންނަށްް ދޭންޖެހޭޭ ފައިސާާ ކޮންއިރަކުންތޯޯ ދޭނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: