ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޔަށް މުސާރައިގެ 33 އިންސައްތައަށްވުރެ އިތުރަށް ހަރަދުކުރަން ނުޖެހުމަކީ ޑިމޮކްރެޓުންގެ ސިޔާސަތެއް: ސައިފް

ޑިމޮކްރެޓުންގެ މޭޔަރަލް ކެންޑިޑޭޓު ސައިފް ފާތިހު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުލީގެ ގޮތުގައި އާމްދަނީގެ 33 އިންސައްތައަށްވުރެ އިތުރު އަދަދެއް ރައްޔިތަކު އަތުން ހަރަދުވިޔަ ނުދިނުމަކީ ޑިމޮކްރެޓްސްގެ ސިޔާސަތެއްކަަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ޑިމޮކްރެޓްސްގެ މޭޔަރަލް ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން، ސައިފްވަނީ ރައްޔިތުންނަށް ލިބޭ އާމްދަނީ އާއި ބޯހިޔާވަހިކަން ހާސިލުކުރުމުގެ ގޮތުން ކުރަންޖެހޭ ހޭދައިގެ މައްޗަށް އަލިއަޅުއްވާފައެވެ.

އޭނާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންގެ 70 އިންސައްތައާއި ގާތްކުރާ އަދަދެއްގެ މީހުން ދިރިއުޅެމުންދަނީ ކުއްޔަށްކަމަށޭވެ. ސައިފް ވިދާޅުވީ، އޭގެ ތެރޭގައި މާލެއަށް ނިސްބަތްވާ މީހުންވެސް ހިމެނޭކަމަށާއި އާންމު ހާލަތެއްގައި ތޭރަ ހާހަށްވުރެ އިތުރު އަދަދެއް ކުލީގެ ގޮތުގައި ހޭދަކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއް މީހުންނަށް މުޅި މުސާރަ އެއްކޮށްވެސް ކުއްޔަށް ހަރަދުކުރަންޖެހޭކަމަށް ފާހަަގަކުރެއްވިއެވެ.

ސައިފް ވިދާޅުވީ، ލިބޭ މުސާރައިގެ 33 އިންސައްތަ ނުވަތަ ތިންބައި ކުޅަ އެއް ބަޔަށްވުރެ އިތުރަށް ކުލީގެ ގޮތުގައި ރައްޔިތުންނަށް ހަރަދުކުރަން ނުޖެހުމަކީ ޑިމޮކްރެޓުންގެ ސިޔާސަތެއްކަަމަށެވެ. އަދި އެއަށްވުރެ އިތުރު ހަރަދެއް ކުރާ ނަމަ އިތުރުވެގެންދާ ބަޔަށް ދައުލަތުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަން ކުރަންޖެހޭނީ ޓާގެޓެޑް ސަބްސިޑީޒްގެ ގޮތުގައިކަމަށާއި އެކަންކަން ކުރުމަށް ބޭނުންވާ ނިޒާމުވެސް ފަރުމާކުރެވިދާނެކަަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އުސޫލެއްގެ ގޮތުން އޭނާއަށް މޭޔަރުކަން ލިބިވަޑައިގެންފި ހާލަތެއްގައި މާލެ ސަރަހައްދުގައި ހާއްސަ ގޮތެއްގައި އެއްވެސް މީހަކު އެ މީހެއްގެ މުސާރައިގެ 33 އިންސައްތައަށްވުރެ އިތުރަށް ކުލީގެ ގޮތުގައި ހަރަދުކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އޭނާގެ ސިޔާސަތުތައް ބައްޓަންކުރައްވާނީ އެ އަމާޒަށް ވާސިލުވުމަށްޓަކައިކަަމަށާއި އެކަން ކުރުމުގެ ގޮތުން ކައުންސިލު ހައުސިންގް ތައާރަފްކުރައްވާނެކަަމށް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ، ކައުންސިލް ހައުސިންގްއަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގާއިމުކުރެވިފައިވާ ގޮތަށް މިލްކު ނުކުރެވޭ ގޮތަށް ދޫކުރާނެ ތަންތަން ކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ތަނަކަށް ކުލީގެ ގޮތުގައި ފައިސާ ދައްކައި ހަލާސްކޮށް މިލްކު ކުރުމެއް ނޯންނާނެކަަމަށާއި ދައްކަންޖެހޭނީ ރަމްޒީ ކުޑަ އަދަދެއްކަމަށެވެ. ސައިފް ވިދާޅުވީ، ކައުންސިލު ހައުސިންގް ތައާރަފްކުރަނީ ތިމާމެންގެ ހާލަތު ރަނގަޅުވަންދެން ތިބެވޭނެ ތަންތަން ގޮތުގައިކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: