ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ސައިިފް

ގަލޮޅު އުތުރު ދާއިރަގެ ކައުންސިލަރ ސައިފް ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް އޮންނަ އޮތުމަކީ ކުޑަކޮށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ އާއްމު ބައްދަލުވުމުގައި ސައިފް ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އަދިވެސް ފާސްވެފައިނުވާ ކަމަށެވެ. މާލޭގެ ތަރައްގީ އަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްވެފައިނުވެ ހިފެހެއްޓިފައި އޮތް އޮތުން ކަމަށް ސައިފް ސިފަކުރެއްވިއެވެ.

ލޭންޑް ޔޫސް ޕްލޭންގައި މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރުމަށް ނިންމާފައިވާ ސަރަހައްދު ތަކުގެ ޕެރިމީޓާރޒް ނޭނގުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލުން ހޯދައިދޭންޖެހޭ އެއްވެސް މައުނަވީ ތަސައްލީ އެއް މާލޭގެ ރައްޔިތުންނަށް ހޯދައިދެވެން ނެތް ކަމަށް ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ލޭންޑް ޔޫސް ޕްލޭން ފާސްވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. ސަބަބަކީ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް މަސައްކަތް ކުރާކަމަށްވާ ނަމަ މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން އެއްޗެއް ހަދާފައި ފޮނުވުމުން އެއަށް ކޮމެންޓެއް ކޮށް އެކަން ހުއްޓުވާލާ ކަން ކަމަށް ސައިފް ވިދާޅުވިއެވެ. އަދި އެކަމަކީ އެކްޓިވްކޮށް އެކަން ކުރަން އުޅޭ ގޮތް ނޫން ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

ފެންނަނީ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާތަން. ލޭންޑް ޔޫސް ޕްލޭން ފާސްވިޔަ ނުދީ ހިފެހެއްޓީމާ ފަހަރުގައި ކަންތައްތަކެއް އަޅުގަނޑުމެންނަށް ދަތިކޮށްގެން ނޫނީ އޮބެހެއްޓިދާނެ ކަމަށް ގަބޫލުކުރެވެނީ. ވަކި ހިސާބަކުން އަޅުގަނޑުމެން ދާންޖެހިދާނެ ކޯޓަށް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި  ހައުސިންގ މިނިސްޓަރ ވިދާޅުވެެފަވެސް އެބައޮތް ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން އެ ގާނޫނުގައި އެއޮތީ މިވެނި މުއްދަތެއްގެ ތެރޭގައި ފާސްވާނެކަމަށް. އެބީދައިން ވެސް  ފާސްވީއޭ. އެބީދައިން ވެސް ވާހަކަފުޅު ދައްކަވާފައި އެބަހުރި. އެހެންވީމަ ލޭންޑް ޔޫސް ޕްލޭންއެއްގެ ކަންތަކުގައި އަޅުގަނޑުމެންގެ މުޅި އެޖެންޑާ އަޅުގަނޑުމެންގެ މުޅި މި ފަސް އަހަރު ދުވަހު ކުރަން އޮތް މަސައްކަތް އެއްކޮށް ރަހީނުވެފަ އޮންނަ ގޮތަށް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.

ސައިފް ވިދާޅުވީ ސަރުކާރުގެ މައި ސިޔާސަތު ތަކާއި މައިސަރުކާރުގެ މައި ސިޔާސަތު ތަކާއި އެލައިން ވާގޮތަށް ސިޓީ ކައުންސިލުން ކަންތައްތައް ކުރާ ކަމަށް ސައިފް ވިދާޅުވިއެވެ. އަދި އެލައިން ނުވާ ކަމަށް ވާނަމަ އެއީ އެހެން ޕްރޮސެސް އެއް ކަމަށް ސައިފް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ނުދީ ސަރުކާރުން ހިފަހައްޓާފައިވާތާ އެއް އަހަރުވެގެން ގޮސްފައިވާ ކަަމަށެވެ. ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ހައުސިންގ މިނިސްޓްރީ އަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއް އަހަރުގެ ތެރޭގައި ދެމަސް ދުވަހަށް ފަހު ދެވަނަ ފަހަރަށް އިސްލާހު ކުރުމަށްފަހު ފޮނުވުމުންވެސް މައްސަލަތަކެއް ފާހަގަކޮށް އިސްލާހު ކުރުމަށް އަނބުރާ ސިޓީ ކައުންސިލަށް ފޮނުވި ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މުއިއްޒު ވިދާޅުވިގޮތުގައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް މާލޭގެ ހުރިހާ އަވަށެއްގައި ދިިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދާފައިވާ ކަަމަށެވެ.

ސައިފް ވިދާޅުވީ މާލޭގައި އެންމެ ކުރިއްސުރެ އަޅާފައި ހުރި ފްލެޓް ތަކަކީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ޝަކުވާ ދަނީ މާލެ ސިޓީ ކައުންސިލަށް ކެނޑިނޭޅި ލިބެމުން ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

މާލޭ ހިޔާގެ ފްލެޓްތައް މިހާރު ހުރީ ބޮލަށް ވެއްޓޭ ވަރުވެފައި ކަމަށާއި ބައެއް ތަންތަނުން ނަޖިސް ހޮޅި ފަޅައިގެން ގޮސް ގޭގެއަށް އެކަމުގެ އަސަރުކުރާ ވަރުވާ ހިސާބުގައި ކަމަށް ސައިފް ވިދާޅުވިއެވެ.

މާލޭގައި ބޯހިޔާވަހިކަމަށް ފްލެޓް އެޅުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށް ސައިފް ވިދާޅުވިއެވެ.

މީގެ އިތުރުން ސައިފް ވިދާޅުވީ އަރބަން ޑިޒައިން ކުރުމުގައި ވިސްނަންވީ ކަންތައްތަކަށް ބައެއް ފަހަރު ބަލައިނުލެވި ހުންނަ ކަމަށެވެ. އެހެން ކަމުން ސިޓީކައުންސިލުން ހިންގާ އެބާވަތުގެ މަޝްރޫއުތައް ކަމަށްވާ އާއްމުކޮށް މީހުން ދިރިއުޅުމަށް ހަދާ ތަންތަނުގެ ޑިޒައިނާއި ގުޅޭގޮތުން ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރަން ސައިފް ވަނީ އެދިފައެވެ. އަދި އޭގެތެރޭގައި ދިވެހިރާއްޖޭގެ އާކިޓެކްޗަރސް އެސޯސިއޭޝަން ހިމެނޭ ކަމަށާއި އެބޭފުޅުންނަކީ އިމާރާތްކުރުމުގެ ތަޖުރިބާ ލިބިތިބި މާހިރުން ކަމަށް ވެސް ސައިފް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ބޭފުޅުންގެ ހިޔާލެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސައިފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: